ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 12:37
އިނގިރޭސި ސަފީރު
އިނގިރޭސި ސަފީރު
ރާއްޖެ އެމްވީ
އިނގިރޭސި ސަފީރު
ޤާނޫން ހިނގަން ޖެހެނީ ހަމައެކަނި ވަކި ބައެއްގެ މައްޗަކަށް ނޫން: އިނގިރޭސި ސަފީރު
ޤާނޫންގެ ވެރިކަން އެންމެންގެ މައްޗަށް ހިންގަން ޖެހޭ: ސަފީރު

ހަމައެކަނި ވަކި ބައެއްގެ މައްޗަށް ޤާނޫނުގެ ވެރިކަން ނުހިންގާ، އެންމެންގެ މައްޗަށް ހިންގުމަށް އިނގިރޭސިވިލާތުން ރާއްޖެއަށާއި ސިލޯނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ގޮވާލައްވައިފިއެވެ.

ސަފީރު ޑޯރިސް އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ މައްޗަށް އިތުރު ދައުވާތައް އުފުލެމުންދާއިރު، ޤާނޫނުގެ ވެރިކަން އެންމެންގެ މައްޗަށް ހިނގަން ޖެހޭނެކަމަށެވެ. ސަފީރު މިމޭރުން ޓްވީޓްކުރައްވާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށްކުރާ ޝަޚުސު އޮޅުވާލުމުގެ ދައުވާގެ އަޑު އެހުމެއް މިއަދު ބޭއްވި ވަގުތާ ދިމާކޮށެވެ.

އިނގިރޭސިވިލާތުން ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާއިރު، ސަރުކާރާއި ޖުޑީޝަރީގެ ގިނަ ކަންތައްތަކަށް ފާޑުކިޔައި، އެކަންކަން އިސްލާހުކުރުމަށް އެޤައުމުން ދަނީ ގޮވާލަމުންނެވެ. އަދި އިނގިރޭސިވިލާތުގެ އިތުރުން ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހެން ބައިވެރިންވެސް ގެންދަނީ މަޖިލިސް މެމްބަރުންނައި ސިޔާސީ ބޭފުޅުންގެ މައްޗަށް ކުރަމުންދާ ޝަރީޢަތްތައް ހުއްޓާލައި، އެންމެންގެ މައްޗަށް އެއްހަމަޔަކުން އިންސާފުވެރިކަމާއިއެކު ޝަރީޢަތްތައް ހިންގަމުން ގޮވާލަމުންނެވެ. އިނގިރޭސިވިލާތުގެ ސަފީރުގެ މި ޓްވީޓްގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން އިނގިރޭސިވިލާތުން ވަރަށް ކައިިރިން ބަލަމުންދާކަމާއި، ވަކި ބަޔަކު ފާހަގަކޮށް، އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގާ، ސިޔާސީ ވާދަވެރިން ނައްތާލުމަށް ސަރުކާރުން މަސައްކަތްކުރާކަން އިނގިރޭސިވިލާތުން ޤަބޫލުކުރާކަން ހާމަވެއެވެ. އަދި އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅުންނާއި ޕީޕީއެމްެގެ ބޭފުޅުން ބައްދަލުކުރައްވައި، ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތް އޮޅުވާލަން މަސައްކަތްކުރިނަމަވެސް، އިނގިރޭސި ސަރުކާރުން އެކަން ޤަބޫލުނުކުރާކަން ހާމަވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 އޮކްޓޯބަރ 2017 | އާދީއްތަ 17:14
ތާރިގު
ގޭންގް ހިންގާގޮތައް މި ސަރުކާރުހިންގާކަން ދުނިޔޭގެ ވަރައް ގިނަޤައުމުތަކުން ޤަބޫލުކުރޭ؟