ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 11:52
ލ. މާބައިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގަމުންދަނީ
ލ. މާބައިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގަމުންދަނީ
ޓްވިޓަރ
އަލިފާން ރޯވުން
މާބައިދޫގައި ތެޔޮ ގުދަނަކާއި ފިހާރައެއް އަނދައި ހުލިވެއްޖެ
އެކަކު ވަނީ ފިހިފައި
އަލިފާން ރޯވި ސަބަބެއް ނޭނގޭ
ފިހާރައަށް ލިބުނު ގެއްލުން ފަސް ލައްކަ އަށް އަރައި

ލ. މާބައިދޫގައި ތެޔޮ  ރައްކާކުރާ ގުދަނަކާއި، އެ ގުދަނާ ޖެހިގެން ހުރި ރީޓެއިލް ފިހާރައިގައި އަލިފާން ރޯވެ، އަނދައި ހުލިވެއްޖެ އެވެ.

މި ހާދިސާގައި އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އޭނާ އަށް މާބައިދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.

އާބާދީގައި 1،100 އެއްހާ މީހުން ދިރިއުޅޭ މާބައިދޫގައި ހުންނަ "ގެރެންޓީ ފިއުލް" ގައި އަލިފާން ރޯވީ 11:30 ހާއިރު އެވެ. މި ތެޔޮ ގުދަނުގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި، "ބާރަބާރަ" ފިހާރައިގައި ވެސް ހިފައި އެ ފިހާރަ ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ.

ގުދަނާގައި ފިހާރައިގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލުމަށްޓަކައި، ރަށުގެ ރައްޔިތުން ބާލިދީގައި ފެންޖަހަމުން ދިޔައިރު، ބައެއް މީހުން ދިޔައީ ވެލިޖަހަމުންނެވެ. އަދި މޫދަށް އޮޅިއެއް ގުޅައިގެން ލޮނު ޖަހަމުން ދިޔަ އެވެ. ނަމަވެސް އަލިފާންގަނޑު އެވަރުން ކޮންޓްރޯލެއް ނުކުރެވުނެވެ.

މާބައިދޫގައި ފުލުހުންގެ މަރުކަޒެއް ވެސް ނުހުރެ އެވެ.

ސިފައިން މާބައިދޫއަށް އައިސް ހަރަކާތްތެރި ވަނީ 

ގުދަނާއި ފިހާރައިގައި ރޯވެފައި ހުރި އަލިފާންގަނޑު ކޮންޓްރޯލްކުރީ ލ. ކައްދޫގައި ހުންނަ ސިފައިންގެ މަރުކަޒުން، އަލިފާން ނިއްވާ ސާމާނާއެކު ސިފައިން މާބައިދުއަށް ގޮސްގެންނެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ސިފައިން ބޭނުންކުރީ ފޯމެވެ.

އަލިފާން ރޯވި ބާރަބާރަ ފިހާރައިގެ ވެރިޔާ މުހައްމަދު މަސީހު ބުނީ މުޅި ފިހާރަ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށާއި ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާގެ ގެއްލުންވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް