ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 10:55
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ކާރު
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ކާރު
ޓްވިޓަރ
ހުޅުމާލެ އެކްސިޑެންޓް
ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ
އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ
އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާޅޭ ސެންޓްރަލް ޕާކް ސަރަހައްދުގައި

 ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ގަހެއްގައި ޖެހި އެކްސިޓެންޓްވެއްޖެއެވެ.

 

ހޮނިހިރު ދުވަހު ދަންވަރު 11:30 ކަންހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ. ކާރު ޕާކް ސަރަހައްދުގައި ހުރި ގަހެއްގައި ޖެހުމުން ، ކާރުގެ ކުރީ ކޮޅަށް ވަނީ ބޮޑަތި ގެއްލުންތަކެއް ލިބިފައެވެ.

 

ހޮނިހިރު ދުވަހުގެ ދަންވަރު މި އެކްސިޑެންޓް ހިނގާފައިވާކަން ރާއްޖެއެމްވީއަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކްސިޑެންޓް ހިނގި އިރު ކާރުގައި ދެ މީހުން ތިއްބެވެ.

 

އެހެންނަމެސް ސީރިއަސް ގެއްލުންތަކެއް އެމީހުންނަން ލިބިފައެއް ނުވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް