ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 23:35
"މަމެން"ގެ ފްލަޔަރ
"މަމެން"ގެ ފްލަޔަރ
ދިރާގު
"މަމެން"
ދިރާގުން ތައާރަފުކޮށްފައިވާ "މަމެން" މިއީ ކިހިނެއްވާ އެއްޗެއް؟
ޔޫތް ފެސްޓް" ގައި 100 ކަސްޓަމަރުންނަށް ވަނީ މަމެންގެ ޚިދުމަތް ދޫކޮށްފައި

"މަމެން" މިއީ ދިރާގުގެ ފަރާތުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ފަރުމާ ކޮށްލެވޭހެން  ތައްޔާރު ކޮށްފައިވާ ޑިޖިޓަލް ޕްލޭން އެކެވެ.

ދިރާގުން "ޔޫތް ފެސްޓް 2017" ގެ އިވެންޓުގެ ތެރެއިން ތައާރަފު ކޮށްފައިވާ "މަމެން" ގެ އެޕްލިކޭޝަން ބޭނުންކޮށްގެން ކަސްޓަމަރު ބޭނުންވާ ގޮތަށް މޯބައިލް ޑޭޓާ، އެސްއެމްއެސް އަދި މިނެޓް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގުން އާންމުނަށް ރަސްމީކޮށް "މަމެން" ތައާރަފު ކޮށްފައިނުވި ނަމަވެސް "ޔޫތް ފެސްޓް" ގައި 100 ކަސްޓަމަރުންނަށް ވަނީ މަމެންގެ ސިމް ކާޑުތައް ދޫކޮށް، 10 ޖީބީގެ ހިލޭ ޑޭޓާ  ކަސްޓަމަރުންނަށް އަޖުމަ ބާލާލުމުގެ ގޮތުން ދީފައެވެ.

"މަމެން" ތައާރަފު ކޮށްދެއްވަމުން ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް ހަޖްރީ ވިދާޅުވީ "މަމެން" އަކީ ހަމައެކަނި އެޕްލިކޭޝަނެއް ނުވަތަ ޕްލޭނެއް ނޫން ކަމަށާއި މި ޕްލޭންގެ ސަބަބުން ކަސްޓަމަރުންނަށް އެމީހުންނަށް ރަގަޅު ގޮތްތައް ބަލައި އިހްތިޔާރުކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.

"މަމެން" އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލް ސްޓޯރުން ވަރަށް އަވަހަށް ޑައުންލޯޑް ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

    

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް