ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 21:44
ރައީސް ނަޝީދު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި
ރައީސް ނަޝީދު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި
ރާއްޖެއެމްވީ
ރާއްޖެ ޓީވީ
ރާއްޖެ ޓީވީއަށް އިންސާފު ނުލިބޭތީ ކަންބޮޑުވޭ: ރައީސް ނަޝީދު
4 އަހަރު އަހަރުވީއިރު އިންސާފު ނުލިބިދާކަމީ ކަންބޮޑުވާކަމެއް: ރައީސް ނަޝީދު

ރާއްޖެ ޓީވީގައި ރޯކޮށްލި ފަހުން ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު ވެސް އެކަމުގެ ފަހަތުގައި ތިބި މީހުންނަށް ފިޔަވަޅު ނޭޅީ، ރާއްޖެ ޓީވީއަށް ތަކުރާރުކޮށް ހަމަލާތައް ދެވި އިންސާފު ނުލިބިދާކަމީ ކަންބޮޑުވާކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެ ޓްވީޓްކުރެއްވީ ހ. ކުއީން އޮފް ދަ ނައިޓް އިމާރާތުގައި ރާއްޖެ ޓީވީ ހިންގި އޮފީހުގައި 2013ވަނަ އަހަރުގެ އޮކްޓޯރ މަހުގެ 7ވަނަ ދުވަހުގެ ފަތިހު ރޯކޮށްލި ހާދިސާއަށް 4 އަހަރު ފުރުމާއި ދިމާކޮށެވެ. ރާއްޖެ ޓީވީގައި ރޯކޮށްލުމުގެ ކުރިންނައި ފަހުންވެސް އެކި ޒާތުގެ ގިނަ އަދަދެއްގެ ހަމަލާތަކެއް ރާއްޖެ ޓީވީގެ އިމާރާތްތަކަށާއި، އިކުއިޕްމަންޓަށް އަދި ޚާއްސަކޮށް ނޫސްވެރިންނާއި މުވައްޒަފުންނަށް ވަނީ ކުރިމަތިވެފައެވެ. އެހެން ނަމަވެސް މިއިން އެއްވެސްކަމެއްގެ ފަހަތުގައި ތިބި ބަޔަކު ކަމާއި ބެހޭ ފަރާތްތަކަށް ހޯދިފައިނުވާއިރު، ރާއްޖެ ޓީވީއަށް ދޭން ޖެހޭ ހިމާޔަތް ދިނުމަށް ކަމާއި ބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް