ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 16:30
ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަންގެ ތެރެއިން
ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަންގެ ތެރެއިން
ދިރާގު
ދިރާގު ޔޫތް ފެސްޓް
ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަން ފޯރިއާއެކު ކުރިޔަށް
ދިރާގުން މި ފެސްޓިވަލްގެ ހުރިހާ ބައިވެރިންނަށް ވެސް މުޅިން ހިލޭ މޫދު ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ދީފަ
"ޔޫތްފެސްޓް 2017"އިގެ ދަށުން ޒުވާނުންނާ ގުޅޭ ތަފާތު އެކިއެކި އިވެންޓްތައް މިއަހަރުތެރޭ ކުރިޔަށް ގެނިދިއުމަށް ނިންމާފައިވޭ
ދިރާގުން މި އިވެންޓް ބޭއްވީ ވީހާވެސް ގިނަ ޒުވާނުންނަށް މިފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް

ދިރާގުން އިސްނަގައިގެން ބާއްވާ ޔޫތްފެސްޓްގެ ވޯޓާސްޕޯޓްސް އެޑިޝަން ފޯރިއާއެކު ކުރިޔަށް އެބަދެއެވެ.

ހުކުރު ދުވަހުގެ ހެދުނު 10 އަކުން ފެށިގެން އިރުއޮއްސި 6 ޖަހަންދެން ވިލިމާލެ ބީޗް ސަރަހައްދުގައި ދިރާގުން ކުރިޔަށް ގެންދާ މި އިވެންޓަކީ އެ ކުންފުނިން ކުރިޔަށް ގެންދާ "ޔޫތް ފެސްޓް 2017" އިގެ ދަށުން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ. ދިރާގުން މި ފެސްޓިވަލްގެ ހުރިހާ ބައިވެރިންނަށް ވެސް މުޅިން ހިލޭ މޫދު ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ދީފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އެގްޒެކްޓިވް ހުސައި ޝާރިހް އާދަމް ބުނެފައިވަނީ މި އިވެންޓް ދިރާގުން ބޭއްވުމުގެ އެންމެ ބޮޑު މައިގަނޑު އަމާޒަކަށްވީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވުމާއެކު ޒުވާނުން މޫދު ކުޅިވަރުތަކަށް އަހުލުވެރިކޮށް ވީހާވެސް ގިނަ ޒުވާނުންނަށް މިފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ހަމައެހެންމެ "ޔޫތް ފެސްޓް 2017"އިގެ ދަށުން ޒުވާނުންނާ ގުޅޭ ތަފާތު އެކިއެކި އިވެންޓްތައް މިއަހަރުތެރޭ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މިއުޒިކް ޝޯތަކާއި އާޓް ފެސްޓިވަލް ތަކުގެ އިތުރަން ޒުވާނުން ޝައުގުވެރިވާނެ ފަދަ އިތުރު އިވެންޓްތަށް ބޭއްވިގެން ދާނެކަމަށް ޝާރިހް ބުނެފައިވެއެވެ.

އަދި މި އިވެންޓް މެދުވެރިކޮށް ޒުވާނުން މޫދު ކުޅިވަރުތަކަށް ޝައުގުރިކަން ހުރި މިންވަރު އެގިގެން ގޮސްފި ކަމަށާއި މޫދު ކުޅިވަރަށް ވަރަށް ފަރިތަ އަދި ހުނަރުހުރި ޒުވާނުން މި އިވެންޓް މެދުވެރިކޮށް ފެނިގެން ގޮސްފިކަމަށް ޝާރިހް މައުލޫމާތު ދިނެވެ. މި އިވެންޓަށް ހީކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށްވެސް ޝާރިހް ބުނެފައިވެއެވެ.

ލައިވް މިއުޒިކާއި ބާބަކިއު އަދި ތަފާތު ބީޗް ކުޅިވަރުތަކާއެކު ޒުވާނުންނަށް އަމާޒުކޮށްގެން ދިރާގުން ހިންގި މި އިވެންޓުގައި އެހެނިހެން އުމުރުފުރައިގެ މީހުންވެސް ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް