ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 09:19
އަޑިއަށް ދިޔަ ކަމަށް ބުނާ "އުންމީދު" ދޯނި
އަޑިއަށް ދިޔަ ކަމަށް ބުނާ "އުންމީދު" ދޯނި
އެމްއެންޑީއެފް
ދޯންޏެއް އަޑިއަށް ދިއުން
އަޑިއަށްދިޔަ ކަމަށް ރިޕޯޓްކުރި ދޯންޏަކާއި މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
ރިޕޯޓް ލިބިފައިވަނީ ހުރުކުރު ދުވަހުގެ ފަތިހު 5:30 ހާއިރު

ހުކުރު ދުވަހު ފަތިހު އަޑިއަށް ދިޔަ ކަމަށް ބުނެ ރިޕޯޓްކުރި ދޯންޏަކާއި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ "އުއްމީދު" ދޯނި އަޑިއަށް ދާ ކަމުގެ ރިޕޯޓް ލިބިގެން އެމް އެންޑީއެފުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. 

މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހުކުރު ދުވަހުގެ ފަތިހު 5:30 ހާއިރު ކަމަށް އެމްއެން ޑީއެފުން ބުނެއެވެ. ދޯނި އަޑިއަށް ދިޔައިރު އެ ދޯޯނީގައި ތިބީ ތިން މީހުންކަމަށާއި އެއީ މުދާ އުފުލާ ދޯންޏެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވދިާޅުވިއެވެ. 

މިހާދިސާ ހިނގިއިރު ދޯނި އޮތީ މާލެ އަތޮޅު ބޮލިފުށީގެ ހުޅަނގުން ހަތް މޭލު ބޭރުގައި ކަމަށާއި އެމްއެންޑީއެފް ގެ ކޯސްޓްގާޑުގެ ހާބާ ކްރާފްޓެއް އެ ސަރަހައްދަށް ގޮސް ދޯންޏާއި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

އެހެން ނަމަވެސް މިހާތަނަށް ދޯންޏާއި މީހުން ނުފެންނަ ކަމަށާއި އެ އޭރިއާ ވަށައިގެން ވައިގެ މަގުން ބެލުމަށް ދަތުރު ކުރާ ސީ ޕްލޭންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް މިހާތަނަށަް އެ ދޯނި އަޑިއަށް ދިޔަކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް