ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 02:50
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
ފާތިމަތު ޝަނާ މުހައްމަދު
ކުނޫޒް ޖަލްސާ
ފުލުހުންގެ މުއައްސަސާ މަސައްކަތް ކުރަނީ ރައީސް ޔަމީނުގެ ސެކިއުރިޓީ ފާމެއް ގޮތަށް: ޝިފާޒު
ރައްޔިތުންގެ ރައްކާތެރިކަމަށް މުހިއްމު އިސްކަމެއް ދޭން ޖެހޭ
މިއަނިޔާވެރިކަމުގެ ތެރެއިން ގެއްލިގެންދަނީ ޒުވާނުންތަކެއް
ގައުމުގައި ބޮޑެތި ކުށްތައް ވަނީ އިތުރުވެފައި

ފުލުހުންގެ މުއައްސަސާ މިއަދު މަސައްކަތް ކުރަނީ ރައީސް ޔާމީން ފެކްޝަނުގެ ސެކިއުރިޓީ ކުންފުންޏެއް ފަދައިން ކަމަށާއި ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންނަށްވުރެ ބޮޑަށް އިސްކަން ދޭންޖެހޭނެ އެއްވެސް ބައެއް ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ޝިފާޒު ވިދާޅުވީ، ގައުމުގައި އެތަށް ބައިވަރު ކުށްތަކެއް އިތުރުވެގެންދާތަން ފެނިގެންދާ އިރު މިކަން ކަމަށް އަވަސް ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ. ޝިފާޒު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އިންތިހާއަށް ސިޔާސީ ވެފައިވާ މުއައްސަސާއެއް ކަމަށާއި މިއީ ދެރަވެ، ހިތާމަކުރާ ކަމެއް ކަމަށެވެ.

" އެ މުއައްސަސާ ޕްރޮޓެކްޓް އެންޑް ސަރވް ޖައްސަވައިގެން، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނަމުގައި،  ހިދުމަތް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނަށް. މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމުގެ ނަމުގައި ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތެއް ބާއްވާކަމުގައިވާ ނަމަ ފުލުހުން ނިކުމެ، އެ އެއްވުމެއް ހުއްޓުވާ. އެކަމަކަށް ޖާގައެއް ނުދޭ. އެހެން ނަމަވެސް ރައީސް ޔާމީނު ކަމެއް ކުރައްވަނީ ކަމުގައިވާ ނަމަ ހުރިހާ މަގެއް، ބަންދުކޮށްގެންވެސް އެ ކަން ބަރާބަރަށް ކުރުމުގެ މަގު ވަނީ ތަނަވަސްކޮށްފައި." ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ، ކަމެއް ސިޔާސީ ކުރި ނަމަވެސް، ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަން ރައީސް ޔާމީނަށްވުރެ މުހިއްމު ވާނެ ކަމަށާއި ގައުމުގެ އަމަން އަމާންކަން  ދަމަހައްޓަން ފުލުހުން އިސްކަންދޭންޖެހޭ ކަމަށެވެ. ޝިފާޒު ވިދާޅުވީ، ފުލުހުން އިސްވެ ތިބެ ހިންގާ ލާއިންސާނީ އަމަލުތަކަށް އާ އެކޭ ބުނެގެން ރައްޔިތުން ނުތިބޭނެ ކަމަށެވެ. އަދި ރައީސް ޔާމީނުގެ އަނިޔާވެރިކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގައި ދެމި ތިބޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒު ވަނީ ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު މިހާތަނަށް ހިނގާ ދިޔަ ތަފާތު އަނިޔާވެރި މައްސަލަތައް ހިނގާދިޔަ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލާފަ އެވެ.

" ރިލްވާނު ވަގަން ނެގި މައްސަލަ. މިއޮތް ހުރިހާ ދުވަސް ވަންދެން ބުނީ އެކަން ބައްލަވާނެ ދެއްތޯއޭ. އަމިއްލަ ޖަމިއްޔާއަކުން ތަހުގީގު ކުރެއްވީމަ، އެކަން ގޯސްވި. އެހެން ނަމަވެސް މާފަހުން ފުލުުހުން ހިންގި ތަހުގީގަށްފަހު ހާމަކުރީ ހަމަ އެއް މައުލޫމާތުތަކެއް. އިސްތައްޓެއްގެ ޑީއެންއޭ ވާހަކަ." ޝިފާޒު ވިދާޅުވި އެވެ.

 ރައްޖޭގެ ރައްޔިތުންނަށް އިންސާފު ލިބޭގޮތަށް ނިންމި އެންމެ ހާދިސާއެއް ރައްޔިތުންނަށް ހިއްސާކުރައްވައިފި ނަމަވެސް، މިހާރު މިދައްކާ ވާހަކަތައް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުއްޓާލާނެ ކަމަށެވެ. މިއަދު ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބަށް ބަލާ އިރު، ދިވެހި ޒުވާނުންތަކެއްގެ ފުރާނަ ގެއްލިގެންދާތަން ފެންނަމުން ދިއުމުގައި އިންތިހާއަށް ކަންބޮޑުވާ ،އަވަސް ފިޔަވަޅުތަކެއް އެޅެންޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް