ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 02:48
ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން
ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން
ރާއްޖެ އެމްވީ
ފުލުހުންގެ ހާއްސަ އޮޕަރޭޝަން
ފުލުހުން މޫނު ނިވާކޮށްގެން މާލެތެރޭގައި ހަރަކާތްތެރިވާން ފަށައިފި
ފުލުހުން އެކި ސަރަހައްދުތަކަށް އަންނަނީ މަޑުކޮށް ބަލާ ފާސްކުރަމުން
މީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރު ނުވޭ

ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތައް ބަލާ ފާސްކޮށް މީހުން ހައްޔަރު ކުރަން މިރޭ ފަށައިފި އެވެ.

ފުލުހުން ބުނީ މިދުވަސްވަރު ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހިނގަމުންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތައް ބަލާ ފާސްކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން މިރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ. ފުލުހުން މިރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ އިރު ފުލުހުން ހަރަކާތްތެރިވަނީ މޫނު ނިވާކޮށްގެންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 12:00 ޖަހާ ކަން ހާއިރު ފުލުހުންގެ ބަޔަކު ގަޑި ބުރު، ނަލަހިޔާ ސަރަހައްދުގައިވެސް ހަރަކާތްރިވެފައިވެ އެވެ. އެ ސަރަހައްދުގައި ހަތަރު ވަރަކަށް ފުލުހުން ހަރަކާތްތެރިވި މަންޒަރު  ރާއްޖެއެމްވީގެ މުވައްޒަކަށްވަނީ ފެނިފަ އެވެ.

އެހެން ބައެއް ނޫސްތަކުގައިވާގޮތުން ފުލުހުން މޫނު ނިވާކޮށްގެން،މައްޗަންގޯޅި ސަހަރާ ކައިރި ސަރަހައްދުގައިވެސް ހަރަކާތްތެރިވެފައިވެ އެވެ.

 މިދުވަސްފަރު ފުލުހުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް