ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 23:26
އީޔޫ ޕާލިމެންޓް: ރާއްޖެއާ ބެހޭ ވަރުގަދަ ގަރާރެއް ވަނީ ފާސްކޮށްފައި
އީޔޫ ޕާލިމެންޓް: ރާއްޖެއާ ބެހޭ ވަރުގަދަ ގަރާރެއް ވަނީ ފާސްކޮށްފައި
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
އީޔޫ ޕާލިމެންޓުގައި ރާއްޖެ
ރާއްޖެއާ ދެކޮޅަށް އީޔޫއިން ފިޔަވަޅެއް ނާޅާނެ: ރާއްޖޭގެ ސަފީރު
އެ ގަރާރަކީ ރާއްޖެ އިން ތަންފީޒު ކުރަން ޖެހޭ ގަރާރެއް ނޫން
ރާއްޖެއާ ދެކޮޅަށް އީޔޫ ޕާލަމެންޓުން މީގެ ކުރިން ފަސް ގަރާރެއް ފާސް ކުރި
ދުނިޔޭގެ ބޮޑެތި ގައުމުތަކާ ދެކޮޅަށް ގަރާރުތައް ހުށަހަޅައިގެން ފާސްކޮށްފައި އެބަހުރި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެއްޖެ އެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޝިއާން ވިދާޅުވެފައި ވަނީ އީޔޫ ޕާލަމެންޓަށް ހުށަހެޅި ގަރާރަކީ ރާއްޖެ އިން ތަންފީޒު ކުރަން ޖެހޭ ގަރާރެއް ނޫން ކަމަށާއި ރާއްޖެއާ ދެކޮޅަށް އީޔޫ ޕާލަމެންޓުން މީގެ ކުރިން ފަސް ގަރާރެއް ފާސް ކުރި ކަމަށެވެ.

ޝިއާން ވިދާޅުވެފައި ވަނީ އީޔޫ ޕާލަމެންޓުން އެކި ގައުމުތަކާ ދެކޮޅަށް ކަންތައްތައް ނިންމާފައި ހުރި ނަމަވެސް، އެއީ ގައުމަކަށް މަޖުބޫރު ކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށާއި ރާއްޖެ ނުވަތަ އެހެން ގައުމަކާ މެދު ފިޔަވަޅު އަޅާނީ އީޔޫގެ ކައުންސިލުން ކަމަށެވެ. ނަމަވެސް އެފަދަ ވާހަކައެއް ވެސް، އަދި އެ ކައުންސިލަށް މައްސަލަ ހުށަހެޅުމާ ގާތަށް ވެސް ނުދާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޝިއާން މިހެން ވިދާޅުވި ނަމަވެސް އީޔޫގެ ގަރާރުގައި ސަރުކާރުގެ ވެރިންނަށް އަމާޒުކޮށް ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ. އަދި އެ ގަރާރު ވަނީ ފާސް ވެސް ކޮށްފައެވެ.

ޝިއާން ވިދާޅުވީ އީޔޫ ޕާލަމެންޓުން ދުނިޔޭގެ ބޮޑެތި ގައުމުތަކާ ދެކޮޅަށް ގަރާރުތައް ހުށަހަޅައިގެން ފާސްކޮށްފައި އެބަހުރި ކަމަށެވެ. އަދި އެފަދަ ގަރާރުތައް ހުށަހަޅައިގެން ފާސް ކުރަނީ ރާއްޖެއާ ދެކޮޅަށް އެކަނި ނޫން ކަމަށާއި ރާއްޖޭގައި ސީރިއަސް ބޮޑު މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް ޝިއާން ވިދާޅުވި އެވެ.

ޝިއާން ވިދާޅުވީ އީޔޫ އާއި ރާއްޖެއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އީޔޫ އޮތީ ރާއްޖެ އަށް އެހީތެރިވެ ދިނުމަށް އަބަދުވެސް ތައްޔާރަށް ކަމަށާއި އެކަން ބަހުސްގެ ތެރެއިން އެނގިގެން ގޮސްފައިވާ ކަމަށް ޝިއާން ވިދާޅުވި އެވެއަދި  އީޔޫ އޮތީ ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށެވެ. އީޔޫ އިން ރާއްޖޭގެ ޝަރުއީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިއާން ވިދާޅުވެފައި ވަނީ އީޔޫ އިން ރާއްޖެއާ ދޭތެރޭގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި ރާއްޖޭން ވެސް އީޔޫއާ ދެމެދު ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެކަމަކު އީޔޫ އިން ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަން ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްރާންސްގެ ސްޓްރަސްބާގްގައި ބުރާސްފަތި ދުވަހު ބޭއްވި ޔޫރަޕިއަން ޕާލަމަންޓް ބައްދަލުވުމުގައި ހުށަހެޅި ގަރާރަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ، ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް ހުށަހެޅި ގަރާރާ ގުޅިގެން ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޓޫރިސްޓުން ރާއްޖެ ދިއުން މަނާކޮށް، ވެރިން ޔޫރަޕްގެ ގައުމުތަކަށް ދިއުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އެޅުން ލަސްވެއްޖެ އެވެ. އެޤަރާރު ފާސްކޮށްފައިވާއިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެޤަރާރު ބަލައި ނުގަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް