ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 22:39
ޅ. ނައިފަރު: ޓީޗަރަކު ދަރިވަރަކާ ބަދްއަޚްލާގީ އަމަލް ހިންގި މައްސަލައެއް ވަނީ ފެންމަތިވެފައި
ޅ. ނައިފަރު: ޓީޗަރަކު ދަރިވަރަކާ ބަދްއަޚްލާގީ އަމަލް ހިންގި މައްސަލައެއް ވަނީ ފެންމަތިވެފައި
ގޯލް.ކޮމް
ނައިފަރު
ނައިފަރުގައި ޓީޗަރަކު ދަރިވަރަކާ ބަދްއަޚްލާގީ ޢަމަލް ހިންގި މައްސަލައެއް ބަލަން ފަށައިފި
އެއަމަލު ހިންގާތާ 2 އަހަރު ވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި
ދަރިވަރު އުޅެނީ ގްރޭޑް 11 ގައި
އަމަލު ހިންގާފައިވަނީ އިންޑިއާ ޓީޗަރެއް

ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހްގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު އެސްކޫލްގައި ކިޔަވާ ދަރިވަރަކާ ބަދްއަޚްލާގީ ޢަމަލް ހިންގާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް އެރަށު މީހަކު ބުނީ މަދްރަސަތުލް އިފްތިތާހްގައި ކިޔައިވައިދޭ އިންޑިއާ ޓީޗަރަކު، އެސްކޫލްގެ ގްރޭޑް 11 ގައި ތައުލީމް ހާސިލް ކުރަމުންދާ އަންހެއް ކުއްޖަކާ ބަދްއަޚަލާގީ އަމަލު ހިންގާ ކަމުގެ ވާހަކަ ރަށުތެރޭގައި ފެތުރިފައިވާ ކަމަށެވެ.

ނައިފަރުން ރާއްޖެ އެމްވީއާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ އަޑު ރަށު ތެރޭގައި ފެތުރިފައިވާ ކަމަށާއި އެކަމެއް ހިނގާތާ ދެއަހަރެއްހާ ދުވަސް ވެފައިވާ ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. އަދި އެކަން ފަޅާއަރާފައި ވަނީ ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެކުއްޖާ އާއި އޭނާއާ ދެމެދު ކޮށްފައިވާ ފޯންކޯލަކާއި ސްކްރީން ޝޮޓްތަކެއް ވެސް ރަށު ތެރޭގައި ގެންގުޅޭ ކަމަށާއި އެވާހަކަތަކުން އެނގޭ ގޮތުގައި އެޓީޗަރު އިތުރު ތިން ކުއްޖަކާ ވެސް އެގުޅުން ހިންގާފައިވާ ކަމަށެވެ.

ރާއްޖެ އެމްވީއަށް ވަނީ އެޓީޗަރުގެ ފޮޓޯ އާއި އެކަމާ ގުޅޭ އިތުރު މައުލޫމާތުތަކެއް ވެސް ލިބަފައެވެ. ނަމަވެސް ތަހުގީގަށް ހުރަސްއެޅުމާއި އެހެނިހެން ބައެއް ސަބަބުތަކަށްޓަކައި އެވާހަކަތައް ހާމަކުރަން އުޒުރުވެރިވަމެވެ.

މިކަމާ ގުޅޭ ގޮތުން ނައިފަރު ޕޮލިސް ސްޓޭޝަނަށް ގުޅާލުމުން ވިދާޅުވީ މައުލޫމާތު ދެއްވާނީ ޕޮލިސް މީޑިއާއިން ކަމަށެވެ.

ރާއްޖެ ޓީވީއަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނައިފަރުގައި އެފަދަ މައްސަލައެއް ބަލަމުންދާކަން ކށަވަރުކޮށްދޭ ކަމަށާއި އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 އޮކްޓޯބަރ 2017 | ހުކުރު 16:03
ހައިޓޯ
ވަރަށް ނަން މަޝްހޫރު ކޮައްގެން އުލޭ ސްކޫލެއް ތިއީ. މަ ވެސް ކިޔެވީ ތި ސުކޫލުގަ ވަރަައް ކުދިން ނުބަަަައިނުލަފާ ވާނެ ތި ސުކޫލުގަ
6 އޮކްޓޯބަރ 2017 | ހުކުރު 00:42
Chakoii??
happy teachers day???
6 އޮކްޓޯބަރ 2017 | ހުކުރު 00:17
ސޭބޯ
ތިޔަކަން އޮއްބާލަންވެގެން ތިޔަ ބުނާ ޓީޗަރު ރާއްޖެއިން މީގެ ދުވަސްކޮޅެއް ކުރިން ފުރުވާލި ހަބަރުވަނީ ލިބިފައި. ރާއްޖެއިން ފުރުވާ ނުލިޔަސް ނައިފަރުން ފޮނުވާލައިފި.