ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 20:48
ރައީސް މުހައްމަދު ނަޝީދު: އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށާއި، އުއްތަމަ ފަނޑިޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވި
ރައީސް މުހައްމަދު ނަޝީދު: އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށާއި، އުއްތަމަ ފަނޑިޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވި
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
އީޔޫ ޕާލިމެންޓުގައި ރާއްޖެ
އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށާއި، އުއްތަމަ ފަނޑިޔާރަށް: ނަޝީދު
އެންއެންޑީއެފްގެ އިސްވެރިންނަށާއި، އުއްތަމަ ފަނޑިޔާރަށް ފިޔަވަޅު އަޅަންޖެހޭ
ގަރާރަށް ބަހުސް ކުރެއްވި ގިނަ ބޭފުޅުން ވަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
ރާއްޖޭގެ ވެރިންނަށް ޔޫރަޕަށް ދަތުރުނުކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަށް ގަރާރުގައި ވަނީ ގޮވާލާފައި

ދައުލަތުގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޕާލިމެންޓުން ގޮވާލި ގޮވާލުމަށް މަރުހަބާ ކިޔައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުގެ ނަންތައް ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

 

ދައުލަތުގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޕާލިމެންޓުން ގޮވާލި ގޮވާލުމަށް މަރުހަބާ ކިޔައި، ރައީސް ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ކަމަށެވެ. އަދި އެއަށް ފަހު އެމްއެންޑީއެފްގެ އިސްވެރިންނަށާއި، އުއްތަމަ ފަނޑިޔާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

 

 

ދިވެހި ސަރުކާރުގެ ވެރިންނަށާއި ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލައި އީޔޫ ޕާލިމެންޓަށް ހުށަހެޅި ގަރާރަށް ބުރާސްފަތި ދުވަހު ބަހުސް ކުރެއްވި ގިނަ ބޭފުޅުން ވަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމާއި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ އެތައް އަހަރެއް ފަހުން މަރުގެ އަދަބު ތަންފީޒްކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން ބުނަމުންދާތީ ފާޑު ކިޔާފައި ވެއެވެ. އަދި ރާއްޖޭގައި އަދުލު އިންސާފު ގާއިމުނުކުރެވޭ އިރު މަރުގެ އަދަބު ތަންފީޒުކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ބައެއް މެންބަރުން ފާހަގަކުރައްވާފައި ވެއެވެ. 

ރާއްޖެއާ ބެހޭ ގޮތުން ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޔޫރަޕިއަން ކޮމިޝަނަރ ފޯ ޖަސްޓިްސް، ކޮންސިއުމާސް އެންޑް ޖެންޑަރ އީކުއަލިޓީ ވޭރާ ޖޯރޯވާ ވިދާޅުވީ ޚުދުމުޚުތާރު ވެރިކަމަކަށް ފަހު 2008 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމައަކަށް އެޅެމުންދިޔަ ކަމަށާއި އެގޮތުން ވާދަވެރި ސިޔާސީ ވެއްޓެއް ގާއިމްކުރެވުނު ކަމަށެވެ. އެހެންނަމަވެސް، މިހާރު ރާއްޖޭގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށާއި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ ޚުދުމުޚުތާރު ސިފަތައް އާލާކުރަމުންދާ ކަމަށް ޖޯރޯވާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް