ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 16:44
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވި
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވި
ރައީސް އޮފީސް
ކީރިތި ގުރުއާން
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި
މުޅި މުބާރާތުން 1 ވަނައަށް ހޮވުނު ފަރާތްތަކަށާއި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ 7 ޙާފިޒަކަށް ޝަރަފުގެ ފިލާ ޙަވާލުކޮށްދެއްވި
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 24 ބޭފުޅަކު ޤުރުއާން ހިތުދަސްކުރައްވާފައިވާ ކަމަށް ކިރިތި ގުރުއާނާބެހޭ މަރުކަޒުން ބުނޭ

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފިއެވެ. 

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ، މުޅި މުބާރާތުން 1 ވަނައަށް ހޮވުނު ފަރާތްތަކަށާއި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ 7 ޙާފިޒަކަށް ޝަރަފުގެ ފިލާ ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ޤައުމީ ޤުރުއާން މުބާރާތުގެ އެކި ކެޓެގަރީތަކުން 1 ވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 24 ބޭފުޅަކު ޤުރުއާން ހިތުދަސްކުރައްވާފައިވާ ކަމަށެވެ. އަދި މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ މިންވަރު އިތުރުވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް