ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 12:14
މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް
މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް
ޓްވިޓަރ
މުދައްރިސުންގެ ދުވަސް
ސަރުކާރުގެ ތަޢުލީ ސިޔާސަތު ތަންފީޒް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މުދައްރިސުން:އެޑިއުކޭޝަން މިނިސްޓަރު
މުދައްރިސުންގެ މަސައްކަތުގެ އަގުވަޒަން ނުކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތަންފީޒް ކުރުމުގައި އެންމެ މުހިންމު އަދި އެންމެ ބުރަ މަސައްކަތެއް ކުރައްވާ ބަޔަކީ މުދައްރިސުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތާ އެއްގޮތަށް އެންމެ ކުއްޖަކު ވެސް ބާކީ ނުކޮށް ތަޢުލީމާއި، ތަމްރީނާއި ތަރުބީއްޔަތުގެ ފުރުސަތު ފަހިި ކޮށްދިނުމަށް ފަށާފައިވާ މަސައްކަތުގައި އެންމެ މުހިންމު އަދި އެންމެ ބުރަ މަސްއޫލީއްޔަތެއް އަދާކުރަނީ މުދުއްރިސުން ކަމަށެވެ. 

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި ގައުމުގެ އިގްތިސާދީ ހަކަތައަށް ބޭނުންވާ ދަރިވަރުން ތަމްރީން ކުރެވޭނީ މުދައްރިސުންގެ އަގުހުރި އަދި ބުރަ މަސައްކަތުންނެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އަހަރުގެ ވަކިދުވަހެއް މުދައްރިސުންގެ ނަމަށް ހާއްސަ ކުރެވި އެފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ހިތްވަރުދީ މުދައްރިސުންގެ ހިދުމަތަށް ޝކުރުވެރިވުމެވެ. 

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ އަގުހުރި ހިދުމަތްތައް ކިތަންމެ ފަހަރަކު ޝުކުރު އަދާކުރި ނަމަވެސް އެ ހިދުމަތުގެ އަގު އަދާނުކުރެވޭނެ ކަމަށެވެ. އަދި މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް އަރިސް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް