ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 10:37
ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ބައްވާ ޖަލްސާގެ ޕޯސްޓަރު
ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ބައްވާ ޖަލްސާގެ ޕޯސްޓަރު
ރާއްޖެއެމްވީ
ރައްޔިތުންގެ ބަދަލު
މީހުންމެރުން އިތުރުވާތީ އިދިކޮޅު ޕާޓީތަކުން ޖަލްސާއެއް ބާއްވަނީ
ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ
ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ
އިދިކޮޅު ފަރާތްތަކުން ވަނީ މި މައްސަލައިގައި ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފަ

މާރާމާރީ އާއި މީހުން މެރުން އިތުރުވަމުންދާއިރު، އެކަން ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުން ނުދާތީ، ގުޅިފައިވާ ޕާޓީތަކުން ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

"ރަޙުމެއްނެތް ޤަތުލުތައް" ގެ ނަމުގައި ބުރާސްފަތި ދުވަހުގެރޭ (މިރޭ) މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ގުޅިފައިވާ ޕާޓީތަކުން ޖަލްސާކުރާ މައި މާލަމެއްގެ ގޮތުގައި ބޭނުންކުރާ މާފަންނު ކުނޫޒުގައެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ އެ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން މިވަގުތު ޖަލްސާގައި ބައިވެރިވެވޭ ގޮތަށް ހުންނެވި، ޕީޕީއެމްގެ އިންތިޚާބީ ރައީސް، އަދި ކުރީގެ ރައީސުލްޖުމްޙޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް މި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 21:15 ގައެވެ.

މާރާމާރީ އާއި މީހުންމެރުން އިތުރުވަމުންދާއިރު، އެކަން ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުން ނުދާތީ، ގުޅިފައިވާ ޕާޓީތަކުން ޖަލްސާއެއް ބާއްވަން ނިންމިއިރު، މި މައްސަލައިގައި ބުދަދުވަހުގެ ރޭ އެފަރާތްތަކުން ވަނީ ޕެނަލް މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް