ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 08:59
ބިލެތްފައްސަށް ވަގުތީ ކަރަންޓު ދިނުމަށް ހަދާފައިވާ ސެޓްއަޕް
ބިލެތްފައްސަށް ވަގުތީ ކަރަންޓު ދިނުމަށް ހަދާފައިވާ ސެޓްއަޕް
ރާއްޖެ އެމްވީ
ބިލެތްފަހީގެ ކަރަންޓް މައްސަލަ
ބިލެތްފައްސަށް ވަގުތީ ކަރަންޓު ދެވިއްޖެ، ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގެ!
ވަގުތީ ޖަނަރޭޓަރަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑުނީ ބުދަ ދުވަހުގެ އިރުއޮއްސުނުއިރު
މައްސަލަ ހައްލުކޮށް ރަށަށް ވަގުތީ ކަރަންޓު އަލުން ދެވިފައިވަނީ ބުދަދުވަހުގެރޭ ދަންވަރު 02:30 ހާއިރު
ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގެ

ށ. ބިލެތްފަހީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެރަށަށް ކަރަންޓު ދެމުންދިޔަ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ބުދަ ދުވަހު އެރަށުން ކަރަންޓު ކެނޑުމަށް ފަހު، އަލުން ކަރަންޓުގެ ޚިދުމަތް ދީފިއެވެ.

ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ރާއްޖެއެމްވީއަށް ވިދާޅުވީ، ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް، ބުދަ ދުވަހުގެރޭ ދަންވަރު، 02:30 ހާއިރު ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ، ރަށަށް ދީފައިވާ ވަގުތީ ކަރަންޓު ކެނޑުނީ، ރަށުގައި ބޭނުން ކުރަމުންދާ ޖެނެރޭޓަރަށް ތެޔޮ އެޅުމަށް ޖެނެރޭޓަރު ނިއްވާލުމަށް ފަހު އަލުން ހިންގަން އުޅެ ނުހިންގިގެން ކަމަށެވެ. އޭނާ ވިދާޅުވީ ބުދަ ދުވަހުގެރޭ ކަރަންޓު ކެނޑުނީ، ޖެނެރޭޓަރުގެ ފިއުލް ޕަމްޕަށް ދީމާވި މައްސަލައަކުން ކަމަށެވެ.

ބިލެތްފަހީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ރަށުގައި ބޭނުން ކުރަމުން ދަނީ އެ ޖެނެރޭޓަރު އެކަންޏެވެ.

އެ ރަށަށް ދާއިމީ ކަރަންޓު ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރަށު ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، ޒިޔާދު ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ފަހުން 12 ދުވަސްވެގެން ދިޔައިރުވެސް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ މަގު ފަހިވެފައި ނުވާ ކަމަށެވެ. އެގޮތުން ފެނަކަ އާއި ސަރުކާރު މެދުވެރިކޮށް ޖެނެރޭޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ފެނަކައިން އެރަށަށް ޖެނެރޭޓަރެއް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮންމެ ދުވަހަކުވެސް ބުނާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީ އިންޖީނުގޭގައި މިދިޔަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އޭރު ހިންގަމުންދިޔަ ތިން ޖެނެރޭޓަރުވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް