ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 19:52
ބެލެތްފަހީގެ އިންޖީނުގެ އަނދާހުލިވެފައި -- ފޮޓޯ:ރާއްޖެ އެމްވީ
ބެލެތްފަހީގެ އިންޖީނުގެ އަނދާހުލިވެފައި -- ފޮޓޯ:ރާއްޖެ އެމްވީ
ރާއްޖެ އެމްވީ
ބިލެތްފަހި
ބިލެތްފަހި އަނެއްކާވެސް ކަނު އަދިރީގައި
ކަރަންޓް ދިޔައީ ބުދަ ދުވަހުގެ އިރުއޮއްސުނުއިރު
ކަރަންޓް ނުލިބިފައިވަނީ ބޭނުންކުރަމުންދިޔަ އިންޖީނު ނުހިންގިގެން

ށ. ބިލެތްފަހީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެރަށަށް ކަރަންޓް ދެމުންދިޔަ އިންޖީނަށް މައްސަލަ ދިމާވެ އަނެއްކާވެސް ކަނު އަނދިރީގައި ތިބެން ޖެހިއްޖެ އެވެ.

 

ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ރާއްޖެއެމްވީއަށް ވިދާޅުވީ މިއަދު އިރޮއޮއްސުނީއްސުރެ އެރަށުގައި ކަރަންޓް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ނުލިބިވަނީ އިންޖީނަށް ތެޔޮ އެޅުމަށް އިންޖީނު ނިއްވާލުމަށް ފަހު އަލުން ހިންގަން އުޅެ ނުހިންގިގެންނެވެ. އޭނާ ވިދާޅުވި ގޮތުން އެރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު  ބޭނުން ކުރަމުން ދަނީ އެންމެ އިންޖީނެކެވެ.

 

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީ އިންޖީނުގޭ ގައި މިދިޔަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އޭރު ހިންގަމުންދިޔަ ތިން އިންޖީނުވެސް އަނދާ ހުލިވި އެވެ. އަދި ފަހުން ބޭނުން ކުރަމުން ދިޔައީ ވަގުތީ ގޮތުން ގެނައި އެއް އިންޖީނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް