މޯލްޑިވިއަން "ކާގޯ ސިޓީ އެކްސްޕްރެސް" ގެ ނަމުގައި ކާގޯ އޮފީހެއް ހުޅުވައިިފިއެވެ.
އެސްޓީއޯ އައިފާން ބިލްޑިންގައި ބުދަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކާގޯ އޮފީސް ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މޯލްޑިވިއަން އިން "މޯލްޑިވިއަން ސިޓީ އެކްސްޕްރެސް ކާގޯ އޮފީސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މޯލްޑިވިއަން ކާގޯ އަކީ ވަރަށް ހިތްގައިމު ބަހެއް ކަމަށާއި މޯލްޑިވިއަން ކާގޯއެއް ދުނިޔޭގެ އެހެންތަނެއްގައި ނުުހުންނާނެ ކަމަށެވެ. އަދި އެހެން ކަމުން އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ހެޑް އޮފް ކާގޯ އަހުމަދު ސަލީމް ވިދާޅުވީ އެ ކުންފުނިން 2011 ވަނަ އަހަރު މި ހިދުމަތް ފެށިއިރާއި އަޅާ ބަލާއިރު މިހާރު ވަރަށް ބޮޑުތަން ތަފާތު ކުރެވިއްޖެ ކަމަށެވެ.
މޯލްޑިވިއަންއަކީ 2000 ވަނަ އަހަރު ސަރުކާރުން އުފެއްދި އެއާލައިން އެކެވެ. އައިލެންޑް އޭވިއޭޝަން ސާވިސަސް ކުންފުނީގެ އެއާލައިން ޑިވިޝަނަނުން ޗައިނާގެ ހަ މަންޒިލެއްގެ އިތުރުން، ބަނގުލަދޭޝް އާއި އިންޑިޔާގެ ބައެއް މަންޒިލްތަކަށްވެސް ދަތުރު ކުރެ އެވެ.