ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 17:55
ރައީސް މައުމޫނާއި ދަރިކަލުން ޔުމްނާ މައުމޫން އަދި ދަނބިދަރިކަލުން ނަދީމް
ރައީސް މައުމޫނާއި ދަރިކަލުން ޔުމްނާ މައުމޫން އަދި ދަނބިދަރިކަލުން ނަދީމް
ޓްވިޓަރ
ރައީސް މައުމޫން
ރައީސް މައުމޫން އަނެއްކާވެސް މާފުށީ ޖަލަށް
ފާރިސް ހުންނެވީ ސާބިތު ކަމާއެކުގައި: ރައީސް މައުމޫން
ފާރިސް ހައްޔަރުކޮށް ބަންދުކުރީ ޖުލައި 18 ގައި
ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ފާރިސްގެ އިސްތިއުނާފް މައްސަލަ ވަނީ ހައިކޯޓުން މަޑުޖައްސާލާފައި

ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް އަނެއްކާ ވެސް މާފުށީ ޖަލަށް ވަޑައިގަންނަވައިފިއެވެ.

މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބަންދު ކޮށްފައި އޮންނެވި މާފުށީ ޖަލަށް ވަޑައިގަންނަވާފައިވާ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ފާރިސް ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަމަށާއި އޭނާގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށެވެ.

މާފުށީ ޖަލުގައި ފާރިސް ބަންދުކޮށްފައި އޮންަނަވާތާ މިއަދަށް 77 ދުވަސް ވެފައިވާއިރު ފާރިސް ފުރަތަމަ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ ނުނިމޭ ތަހުގީގަކަށް ނުކުރާ ދައުވާއެއްގެ ނުފަށާ ޝަރީޢަތެއް ނިމެންދެނެވެ.

ފާރިސް ހައްޔަރު ކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ، ބެންޗަށް ބަދަލު ގެނެސްފައިވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާ ޚިލާފަށް ކަމަށާއި ސުޕްރީމް ކޯޓުން ކުރާ ހުކުމްތަކުގައި ކަނޑައަޅާ އިޖުރާއަތުތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ. ބެންޗަށް ބަދަލު ގެނައި މައްސަލަ ފާރިސްގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހަޅާފަ އެވެ.

ބެންޗަށް ބަދަލު ގެނެއުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. ބެންޗަށް ބަދަލު އައުމާ ގުޅިގެން އިޖުރާއަތު ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ވަނީ ބެންޗަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމާއި، ބެންޗު ބަދަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، އެކަމާ ގުޅޭ ގޮތުން ޖަވާބުދާރީނުވެވޭނެ ކަމަށް ބެންޗުން ވަނީ އަންގާފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ހައިކޯޓުގެ އަޑުއެހުންތައް ފަސްކުރުމަށް ފާރިސްގެ ފަރާތުން އެދުމުން ދައުލަތުން އެކަމަށް އިއުތިރާޒެއް ނުކުރެ އެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އަޑުއެހުންތައް ފަސްކުރުމަށް ބެންޗުން ވަނީ ނިންމާފަ އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައި ވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ނިންމާލާފައި ވަނީ މައްސަލައިގައި އިތުރަށް ސާފުކުރާނެ ކަމެއް ނެތް ނަމަ ދެން ބާއްވާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށް އިއުލާނު ކުރެއްވުމަށް ފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް