ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 16:35
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
ޓްވިޓަރ
ސީ ޕްލޭނެއް ވެއްޓުން
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައި
މި ހާދިސާ ހިނގިއިރު އޭގައި ޓޫރިސްޓުން ވެސް ތިބި
ކުރޫއަކަށް ކުދިކުދި އަނިޔާ ލިބިފައިވޭ

މޯލްޑިވިއަންގެ ސީ ޕްލޭނެއް ވެއްޓިއްޖެއެވެ. އެމްއެންޑީއެފުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

މި ސީޕްލޭން ވެއްޓިފައިވަނީ ހުޅޭ ފަޅުތެރެއަށްކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

 

އެނގިފައިވާ ގޮތުގައި ބޯޓު ވެއްޓުނުއިރު 14 ވަރަކަށް މީހުން އޭގައި ތިއްބެވެ. އެކަމަކު ކުދިކުދި އަނިޔާ ފިޔަވައި އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމެއް އަދި ޔަގީނެއް ނޫނެވެ.

މި ހާދިސާ ހިނގިއިރު އޭގައި ޓޫރިސްޓުން ވެސް ތިބި ކަމަށްވެއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލް ހާރިސް ވިދާޅުވީ، ސީޕްލޭން ވެއްޓިފައި ވަނީ ބޯވިއްސާރައިގެ ތެރޭގައި ކަނޑަށް ޖައްސަން އުޅެނިކޮށް ބޯޓް ކޮންޓްރޯލުން ނެއްޓިގެން ކަަމަށެވެ. ހާރިސް ވިދާޅުވީ، މި ބޯޓަކީ ނިއާމަ ރިސޯޓުން ހުޅުލެއަށް ދަތުރުކުރި ސީޕްލޭންއެކެވެ

އެމްއެންޑީއެފުން ބުނީ މި ހާދިސާއާއި ގުޅިގެން އެއާޕޯޓްގައި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

 

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ އޮފީހުން ރާއްޖެއެމްވީއަށް ބުނީ އެ ހޮސްޓަލްގައި، ސީޕްލޭން ވެއްޓުމުގެ ހާދިސާގައި އަނިޔާވި 24 އަހަރުގެ ފިރިހެނަކަށް ފަރުވާދެމުންދާކަމަށެެވެ. އެހެންނަމަވެސް އެއްވެސް ސީރިއަސް އިންޖަރީއެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ.   

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް