ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 12:50
މެންބަރު ހުސައިން އަރީފް ފުލުހުންތަކެއް ކުރިމަތީގައި
މެންބަރު ހުސައިން އަރީފް ފުލުހުންތަކެއް ކުރިމަތީގައި
މުހައްމަދު ޝަރުހާން
މެންބަރުން ހާޒިރުކުރުން
މެންބަަރުު ހުސައިން އަރީފް ވެސް މާދަމާ ފުލުހަށް ހާޒިރުކުރަނީ
ސިފައިންގެ އޮފިސަރުންނަށް ހަމަލާ ދެއްވި ކަމުގެ ތުހުމަތު
ހާޒިރުކުރަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އަށް
ހުސެއިން އަރީފްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައި

ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފި އެވެ.

ހުސައިން އަރީފް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އަށެވެ. 

ޖުލައި 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރައްކާތެރިކުރުމަށް ތިބި ސިފައިންގެ އޮފިސަރުންނަށް ހަމަލާދެއްވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރެ އެވެ.

މި މައްސަލައާ ގުޅިގެން، ފިއްލަވާފާނެ ކަމަށް ތުހުމަތުކޮށް ހުސައިން އަރީފްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަަ އެވެ.

ހުސައިން އަރީފްގެ އިތުރުން، ބައެއް އެހެން މެންބަރުންނަށް ވެސް ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޗިޓް ދަނީ ފޮނުވަމުންނެވެ.

ޖުލައި 31 ވަނަ ދުވަހު މަޖިލީހުގައި ހިންގި ކަންތައްތައް ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ އެމްއެންޑީއެފް އިންނެވެ. މަޖިލިސް ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންނާ ބައްދަލުކުރައްވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައިގައި ބަޔާން ނެގުމަށާއި ހެކީގެ ގޮތުގައި ސިފައިން ގެންދާނެ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސިފައިންނަށް ލޯޔަރުން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ހުސައިން އަރީފްގެ މައްޗަށް މި މައްސަލައިގައި ތަހުގީގެއް ހިންގާއިރު، އޭނާއާއި އިތުރު 11 މެންބަރެއްގެ މައްޗަށް ދައުލަތުން ވަނީ ގާނޫނު ތަންފީޒްކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް