ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 11:11
ދިގުފަރު ފަރަށް އެރި ސަފާރީ
ދިގުފަރު ފަރަށް އެރި ސަފާރީ
އެމްއެންޑީއެފް
ސަފާރީ ފަރަށް އެރުން
ބ. ދިގުފަރު ފަރަށް ސަފާރީއެއް އަރައިފި
ސަފާރީގައި 19 މީހުން ތިބިއިރު އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
ސަފާރީ ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުން

"ސޮލެއިލް" ނަމަކަށް ކިޔާ ސަފާރީއެއް ބ. އަތޮޅު ދިގުފަރު ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް މީޑިއާއިން މައުލޫމާތު ދިން ގޮތުގައި ސަފާރީ ފަރަށް އެރި ކަމުގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަށް ލިބިފައި ވަނީ ފަތިހު 5:11 ހާއިރުއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯރޓް ލިބުމާ އެކު އެމްއެންޑީއެފް  ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ޑައިވަރުންގެ ޓީމަކާ އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ފަރަށް އެރުމާ ގުޅިގެން ސަފާރީއަށް ދިޔަވަމުންދާތީވެ ފެން ހިއްކާ ދެ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އަދި ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން މި ސަފާރީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ތަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. 

މި ހާދިސާ ދިމާވި އިރު ސަފާރީގައި އަށް ފަތުރުވެރިންނާއި ފަޅުވެރިންގެ ގޮތުގައި ފަސް ދިވެހިންނާއި ހަ ބިދޭސީން ތިބި އިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ސަފާރީގައި ތިބި އަށް ފަތުރުވެރިން، ސަފާރީގެ ވެރިފަރާތުން ވަނީ ރޯޔަލް އައިލެންޑް ރިސޯޓަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް