ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 12:37
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އައިލެންޑް އޭވިއޭޝަންގެ އާ ކާގޯ އޮފީސް ހުޅުވައިދެއްވަނީ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އައިލެންޑް އޭވިއޭޝަންގެ އާ ކާގޯ އޮފީސް ހުޅުވައިދެއްވަނީ
މޯލްޑިވިއަން
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި
މި އޮފީހުން ފޯރުކޮށްދޭ ހިދްމަތް ފުޅާވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނޭ

އައިލެންޑް އޭވިއޭޝަނުން ދެމުންދެމުންދާ ކާގޯގެ ހިދްމަތް އިތުރަށް ފުޅާކޮށް ކާގޯ އޮފީސް އެސްޓީއޯ އައިފާން ބިލްޑިންގަށް ބަދަލުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ އެ ކުންފުނިން ކުރިން ހިދްމަތް ދެމުންދިޔަ އަމީރު އަހުމަދު މަގުގައި ހުރި ކާގޯ އޮފީހުން ދެމުންދިޔަ ހިދްމަތް އިތުރަށް ފުޅާކޮށް، އިތުރު ވަސީލަތްތަކާއި ޖާގައިގެ ގޮތުން ވެސް ތަނަވަސް ތަނަކަށް ބަދަލު ކުރީ ހިދްމަތް ހޯދަން އަންނަ ފަރާތްތައް އިތުރުވެ، ހިދްމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން މިހާރު އައިލެންޑް އޭވިއޭޝަންގެ ކާގޯ އޮފީސް އައިފާން ބިންޑިންގގެ ފުރަތަމަ ފަންގިފިލާއަށް، ބުދަ ދުވަހުން ފެށިގެން ބަދަލުކޮށް، ހިދްމަތް ދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 އޮކްޓޯބަރ 2017 | ބުދަ 14:53
ހަބޭސް13
އެކަމަކު ގެންދެވޭނީ 10 ކިލޯޔައްވުރެލޫއިޕާރްސަލް