ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 23:29
ފެނަކަ ކޯފަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރ އަހްމަދު ޝަރީފު
ފެނަކަ ކޯފަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރ އަހްމަދު ޝަރީފު
ޓްވިޓަރ
އައްޑޫ ސިޓީ
އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުން: ފެނަކަ
ކަރަންޓު ކަނޑަން ދިމާވި ސަބަބަކީ ޖަނަރޭޓަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން
މައްސަލަ ޙައްލުވެގެންދާނެ ވަގުތެއް ނޭނގެ

އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޙިދުމަތް ކަނޑަމުންދާ ކަމަށް ފެނަކަ ކޯފަރޭޝަނުން ބުނެފިއެވެ.

އަންގާރަ ދުވަހު އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަރަންޓު ކަނޑަން ދިމާވި ސަބަބަކީ ޖަނަރޭޓަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އެހެން ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކަރަންޓުގެ ޙިދުމަތް އައްޑޫގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުންދާ ކަމަށާއި މުޅި އައްޑޫ ސިޓީގެ ލޯޑު ނުހިފެހެއްޓޭތީ ކަރަންޓު ކަނޑަމުންދާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މައްސަލަ ހައްލުކުރުމަށްޓަކައި އިންޖީނިއަރުންގެ ޓީމެއް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ކަރަންޓުގެ މައްސަލަ އާންމު ހާލަތަކަށް ގެނެވެންދެން ލޯޑުނަގާ ކަރަންޓުން ބޭނުން ކުރާ ސާމާނުތައް ވީހާވެސް މަދުން ބޭނުން ކުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މައްސަލަ ސީދާ ހައްލުވެގެންދާނެ ވަގުތެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް