ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 19:25
ބްރޯޑްކޮމްގެ މެންބަރުން މަސައްކަތް ކުރަމުންދަނީ، ނަޒާހަތްތެރިކަމާއިމެދު ސުވާލު އުފެދޭ ގޮތަށް ކަމަށް ރާއްޖެތީވީން ބުނޭ
ބްރޯޑްކޮމްގެ މެންބަރުން މަސައްކަތް ކުރަމުންދަނީ، ނަޒާހަތްތެރިކަމާއިމެދު ސުވާލު އުފެދޭ ގޮތަށް ކަމަށް ރާއްޖެތީވީން ބުނޭ
ރައީސް އޮފީސް
ބްރޯޑްކޮމްގެ އިންޒާރު
ބްރޯޑްކޮމްއިން ރޭގަނޑު ބަޔާން ނެރުނީ ސިޔާސީ ނުފޫޒުން، ނޫސްވެރިންނަށް ބިރުދައްކަން: ރާއްޖެޓީވީ
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެތައް ކަމެއް ހަނދާން ނައްތާލާފަ
ކޮމިޝަނުން ބަޔާން ނެރެ، މައްސަލަ ބަލަނީ އެއްވެސް އަސާސެއް، އުސޫލެއް، އޮނިގަނޑެއް ނެތި
ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ވުރެ ކޮމިޝަންގެ މެމްބަރުން އަމަލުތައް ހުރީ މިނިވަންކަމާމެދު ސުވާލު އުފެދޭ ގޮތަށް

ރައްޔިތުންގެ މަޖީލީހުން ރަސްމީކޮށް ދޫކުރާ ލައިވް ފީޑް ފިޔަވައި، ވަކި ވަކި މެންބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިއޯ ކޯލާއި ރެކޯޑިންގ ހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަން ލައިވް ކުރަމުން ގެންދާ ކަމަށް ބުނެ އޮކްޓޯބަރު 2 ވަނަ ދުވަހުގެ ރޭ ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ބަޔާނަކީ، ސިޔާސީ ނުފޫޒުން، ބްރޯޑްކާސްޓަރުންނަށް އިންޒާރުދީ ބިރު ދެއްކުމަށް ނެރުނު ބަޔާނެއް ކަމަށް ރާއްޖެޓީވީން ބުނެފިއެވެ.

ބްރޯޑްކޮމްގެ ބަޔާނާއި ގުޅިގެން ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބަޔާނެއް ނެރުނީ، މި މަހުގެ 9 ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން ނޫސްވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށާ، ރަސްމީ ގަޑި ފަހަނަ އަޅައި ދިޔަ ފަހުން، ރޭގަނޑުގެ ވަގުތުގައި ބަޔާން ނެރުނީ ސިޔާސީ ނުފޫޒުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރާއްޖެޓީވީން ބުނީ، ބްރޯޑްކާސްޓަރުންނަށް ކަންކަން ހަނދުމަ ކޮށްދޭން ކަމަށް ބުނެ ބްރޯޑްކޮމްއިން ބަޔާންތައް ނެރޭއިރު، ބްރޯޑްކާސްޓިން ކޮމިޝަނުން އެތައް ކަމެއް ހަނދާން ނައްތާލާފައިވާ ކަމަށެވެ.

އެގޮތުން ފެންވަރު ރަނގަޅު ބްރޯކާސްޓިން ހިދުމަތެއް ތަރައްގީކުރުމަށް ބާރު އެޅުމުގެ ބަދަލުގައި ބްރޯޑްކާސްޓަރުންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ ބަދަލުގައި އެ ހައްޤު ހަނިކުރަމުންދާ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ބަޔާން ނެރެ، މައްސަލަ ބަލަނީ އެއްވެސް އަސާސެއް، އުސޫލެއް، އޮނިގަނޑެއް ނެތި ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ.

ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ، ބްރޯޑްކާސްޓަރުންގެ ހައްގުތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ވުރެ ބްރޯޑްކާސްޓިން ކޮމިޝަނުން މަސައްކަތްކޮށްފައި ވަނީ ސަރުކާރުގެ ވެރިންގެ ރުހުން ހޯދުމަށް ކަމަށާ، އެ މަސައްކަތުގެ ތެރެއިން، ބްރޯޑްކާސްޓަރުންގެ މެދުގައި ތަފާތުކުރުން ބޮޑުކޮށް، ފިޔަވަޅު އެޅުމުގައި ހަމަހަމަކަން ނަގާލާފައިވާ ކަމަށެވެ. އަދި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ވުރެ ކޮމިޝަންގެ މެމްބަރުންގެ  އަމަލުތައް ހުރީ އެ ބޭފުޅުންގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ގޮތަށް ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ ގޭގައި، ރައްޔިތުންގެ މަންދޫބުން ކުރާ ކަންކަން އެނގުމަށް ވުރެ ބޮޑު ހައްގެއް އޮންނާނެތޯ އާއި އެކަންކަން ގެނެސްދިނުމަށް ވުރެ ވަކި ބޮޑު ވާޖިބެއް ނޫސްވެރިންނަށް އޮންނާނެތޯ ސުވާލު އުފައްދައި ރާއްޖެޓީވީން ވަނީ، ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް ބާރު އެޅުމަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާއެއް ކަމަށް ވާއިރު، އެ ޒިންމާގެ މަތިން ހަނދާން ނައްތާލައި، ސިޔާސީ މަގުސަދުގައި ބްރޯޑްކާސްޓަރުންނަށް ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ އަމަލުތަކުގެ ސަބަބުން ބްރޯޑްކާސްޓަރުންނާއި، ރައްޔިތުންގެ ކުރިމަތީގައި ކޮމިޝަންގެ އިތުބާރު ގެއްލިގެން ގޮސްފައިވާއިރު، ނޫސްވެރިންނަށާއި ބްރޯޑްކާސްޓަރުންނަށް ބިރު ދެއްކުމުގެ ބަދަލުގައި ކޮމިޝަންގެ ޒިންމާ އަދާކުރުމަށާއި، ކޮމިޝަންގެ މެމްބަރުންގެ އަމަލާއި ކަންކުރުން އަދި ނިންމުންތައް ގާނޫނީ ބިންގަލުގެ މައްޗަށް ބިނާކޮށް، ތަފާތު ކުރުމެއް ނެތި ނިންމަމުން ދިއުމަށް ރާއްޖެޓީވީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް