ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 19:03
ވެލިގާ ހާޑްވެޔަރ އިން މެޓާބޯ ބްރޭންޑްގެ ޓޫލްތައް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރުން
ވެލިގާ ހާޑްވެޔަރ އިން މެޓާބޯ ބްރޭންޑްގެ ޓޫލްތައް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރުން
ފާތިމަތު ޝަނާ މުހައްމަދު
ވެލިގާ ހާޑްވެޔަރ
ވެލިގާ ހާޑުވެޔަރ އިން މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި
ތިން އަހަރުގެ ވޮރެންޓީ ލިބިގެންދާނެ
ފުރަތަމަ އެއް މަހުގައި ވަރަށް ހާއްސަ ޕްރޮމޯޝަން ހަރަކާތްތަކެއް ރޭވިފައިވޭ
ވެލިގާ ހާޑްވެޔަރގެ ދެ ފިހާރައިން މެޓާބޯ ޓޫލްސް ލިބެން ހުންނާނެ

ވެލިގާ ހާޑުވެޔަރ އިން ޖަރުމަނުވިލާތުގެ ބްރޭންޑެއް ކަމުގައިވާ މެޑާބޯގެ ހާޑްވެޔަރ ސާމާނު ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެލިގާ ހާޑްވެޔަރގެ މެނޭޖިންގ ޑިރެކްޓަރ ޒައިދު މުހައްމަދު ވިދާޅުވީ، މެޓާބޯގެ އުފެއްދުންތަކަކީ، ރައްކާތެރި ކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީފައިވާ އުފެއްދުންތަކެއް ކަމަށެެވެ. މި ފަދަ ޕްރޮޑަކްޓެއް ރާއްޖޭގެ މާކެޓަށް ގެނައުމުގެ ސަަބަބުން ވަރަށް ބޮޑު ފަސޭހައެއް ޕަވަރ ޓޫލް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ރާއްޖޭގެ މާކެޓަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދި މިއަދު ތައާރަފް ކުރެވިގެންދާ މެޓާބޯ އަކީ ޕަވަރ ޓޫލްސް އާއި ބެޓެރި ޓެކްނޮލޮޖީގައި ވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް." ޒައިދު ވިދާޅުވި އެވެ.

ވެލިގާ ހާޑްވެޔަރގެ ޑިރެކްޓަރ އައްބާސް މުހައްމަދު ވިދާޅުވީ، މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފައިވާ އިރު މިވަގުތު ވެލިގާ ހާޑްވެޔަރ އިން މެޓާބޯގެ 100 ޕްރޮޑަކްޓް ލިބެން ހުންނާނެ ކަމަށެވެ. މެޓާބޯ ބްރޭންޑްގެ 3000  ވުރެ ގިނަ ޕްރޮޑަކްޓްތަކާއި އެކްސެސަރީސް މާކެޓްގައި ހުރެ އެވެ.

މިހާރު ހުޅުވާލާފައިވާ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ މެޓާބޯ ޓޫލް އަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި މެޓާބޯގެ ކޮންމެ 1000ރ. ގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް ވެލިގާ ހާޑުވެޔަރ އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެއްވަނަ އަށް ދާ ފަރާތަކަށް 15000ރ. ގެ ވައުޗާއެއް ލިބޭ އިރު ދެވަނަ އިނާމަކަށް 10000ރ. އަދި ތިން ވަނަ އިނާމަކަށް 5000ރ.ގެ ވައުޗަރއެއް ލިބިގެންދާނެ ކަމަށް  އެކުންފުނިން ބުނެ އެވެ. މީގެ އިތުރުން ކޮންމެ ވިޔަފާރި އަކަށް 100ރ. ގެ އެކްސެސަރީސް ހިލޭ ލިބިގެންދާނެ އެވެ. އަދި 10000ރ. އިން މަތީގެ ވިޔަފާރިއަކަށް 1000ރ. އެކްސެސަރީސް  ހިލޭ ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ، އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވެލިގާ ހާޑްވެޔަރގެ ފަސް ފިހާރަ ގާއިމް ކުރެވިފައި ހުންނަ އިރު މާލޭގެ މަޖީދީ މަގުގައި ހުންނަ ވެލިގާ ހާޑްވެޔަރ ފިހާރައިންނާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވެލިގާ ހާޑްވެޔަރ ފިހާރައިން މެޓާބޯ ބްރޭންޑްގެ ޓޫލްތައް ލިބިގެންދާނެ އެވެ.

މެޓާބޯ އުފެއްދުންތައް އީޖާދު ކުރަނީ އެ އާލާތްތައް ބޭނުން ކުރާ މީހާގެ ރައްކާތެރި ކަމަށް އިސްކަން ދީގެންނެެވެ. މެޓާބޯގެ އުފެއްދުންތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން އެ އުފެއްދުންތައް މަރާމާރު ކޮށްދިނުމުގެ ހިދުމަތް ވެސް ވެލިގާ ހަޑްވެޔަރ އިން ލިބިގެންދާނެ އެވެ. އަދި އެއް ބެޓެރިއެއް މެޓާބޯގެ ހުރިހާ އުފެއްދުންތަކެއްގައި ބޭނުން ކުރެވޭ އިރު އެ އުފެއްދުމުގެ އިންޓެލިޖެންޓް  ބެޓެރި މެނޭޖްމެންޓްގެ ސަބަބުން ބޭނުންކުރާ ބެޓެރީގެ އުމުރު ދިގުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް