ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 16:22
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ސަރުކާރުން ބޭސް ފަރުވާއަކަށް ނުފޮނުއްވި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ސަރުކާރުން ބޭސް ފަރުވާއަކަށް ނުފޮނުއްވި
މުހައްމަދު ޝަރުހާން
އަހުމަދު އަދީބު
ފިއްލަވާފާނެކަމުގެ ފުރުސަތު އޮވެމެ ޤާސިމް ބޭސްފަރުވާއަށް ފޮނުއްވި އިރު އަދީބު ނުފޮނުއްވެވެންވީ ކީއްވެ:ވަކީލް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހަނު އޮވެގެން ކަމާ ނުގުޅޭ ފަރާތަކުން ދޭ ޖަވާބު ބަލައި ނުގަނެވޭނެ
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުއްވަނީ ފިއްލަވާފާނެތީ ކަމަށް ސަރުކާރުން ބުނޭ
އަދީބުގެ ލޯޔަރު ސިރާޖް ވިދާޅުވީ އެއްވެސް ބޭފުޅަކު ފިއްލަވަން ނޫޅުއްވާ ކަމަށް

ފިލުއްވަފާނެ ކަމުގެ ފުރުސަތު އޮވެމެ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ބޭސްފަރުވާއަށް ފޮނުއްވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ބޭސް ފަރުވާއަށް ނުފޮނުއްވީ ކީއްވެތޯ ސުވާލު ކުރައްވައި އަދީބުގެ ޤާނޫނީ ވަކީލުން ސުވާލު އުފައްދަވައިފިއެވެ.

އަދީބުގެ ޤާނޫނީ ވަކީލް މޫސާ ސިރާޖް އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއްލަވާފާނެ ކަމުގެ ފުރުސަތު އޮވެމެ ޤާސިމް އިބްރާހީމް ބޭސްފަރުވާއަށް ފޮނުއްވިއިރު އަދީބު ބޭސްފަރުވާއަށް ނުފޮނުއްވެވެންވީ ކީއްވެތޯ ކަމަށެވެ. އަދި އެއްވެސް މީހަކު ފިއްލަވަށް ނޫޅުއްވާ ކަމަށް ސީރާޖްުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ސިރާޖްގެ ޓްވީޓާ ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ހުކުމް ކުރެވިފައި ތިބޭ މީސްމީހުންގެ ބޭސްފަރުވާގެ ކަންކަން މަތިކޮށްފައި އޮތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހަނު އޮވެގެން ކަމާ ނުގުޅޭ ފަރާތަކުން ދޭ ޖަވާބު ބަލައި ނުގަނެވޭނެ ކަމަށެވެ.

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް