ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 14:22
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ރާއްޖެއެމްވީ
މެމްބަރު މުހައްމަދު ނާޒިމް
ވައިކަރަދޫ ދާއިރާގެ މެމްބަރު ނާޒިމް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގައިފި
ހާޒިރު ވުމަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ 14:30 އަށް
ކުށެއްގެ ތުހުމަތެއްގައި ކަމަށް ބުނޭ
މިހާރު ވެސް އިދިކޮޅު ގިނަ މެމްބަރުންތަކެއްގެ މައްޗަށް ދަނީ ދައުވާ ކުރަމުން

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

އެމްޑީޕީން ބުނީ ނާޒިމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކުށެއްގެ ތުހުމަތެއްގައި ކަމަށާއި ހާޒިރު ވުމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ 14:30 އަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެމްބަރުންތަކަކަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ، އަދި ޝަރީއަތް ކުރަމުންދާއިރު ނާޒިމަކީ އެ ލިސްޓަށް އިތުރުވާ މެމްބަރެކެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ 25 ހަކަށް މެމްބަރުން ތިއްބެއްވީ އެކިއެކު ތުހުމަތުތަކާއި ތަހުގީގުތަކާއި ޝަރީއަތު ކުރިމައްޗަށްހާޒިރު ކުރެވިފަ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން ކިތައްމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ނާޒިމަކީ ވެސް މަޖިލީހުގެ ޖަލްސާތަކުގަ އާއި އެކިއެކި އެއްވުންތަކުންތައި އަޑުހަރުކޮށް ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް