ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 12:51
ސްޓެލްކޯގެ ހެޑް އޮފީސް
ސްޓެލްކޯގެ ހެޑް އޮފީސް
ގޫގުލް
ކަރަންޓުގެ މައްސަލަ
ސްޓެލްކޯގެ މައި ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާވެ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން
ތިން ސަރަހައްދަކުން ވަނީ ކަރަންޓް ކެނޑިފައި

ސްޓެލްކޯގެ މައި ޖަނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޮޑު އިންޖީނަށް ދިމާވި ޓެކްނިކްލް މައްސަލައެއްގެ ސަަބަބުން މާލޭގެ ބައެއް ސަރަހައްދުންތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލު ކޮށް ވީއެންމެ އަވަހަކަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ސްޓެލްކޯގެ މައި ޖެނަރޭޓަރަށް ދިމާވި މައްސަލައާ ގުޅިގެން މާފަންނު މަންޗަންގޯޅި އަދި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ. 

މިފަހަކަށް އައިސް ވަަރަށް ގިނައިން ސްޓެލްކޯގެ އިންޖީނުތަކަށް އެކި މައްސަލަތައް ދިމާވެ މާލެ އިން ކަރަންޓް ކެނޑުން ވަނީ އާންމުވެފައެވެ. އަދި އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް