ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 10:41
ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ވޯޓަރވިލާ 718 ގައި ހިނގި އަލިފާނުގެ ހާދިސާ
ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ވޯޓަރވިލާ 718 ގައި ހިނގި އަލިފާނުގެ ހާދިސާ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ޕެރަޑައިސް ރިސޯޓްގެ މޫދުކޮޓަރިއެއް އަލިފާން ރޯވެއްޖެ
އަލިފާނުގެ މިހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓް ކޮށްފައިވަނީ މިއަދު 09:09 ގައި
އަލިފާނުގެ ހާދިސާ ހިނއިރު އެ ރޫމްގައި ގެސްޓުންނެއް ނޫޅޭ
އަލިފާން ކޮންޓްރޯލް ކުރީ ޕެރަޑައިސްގެ މުވައްޒަފުން

ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ވޯޓަރވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ 09:09 ގައި ކަމަށެވެ. 

އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 718 ވަނަ ނަމްބަރުގެ ވޯޓަރވިލާގައި ކަމަށާއި އެ ރޫމް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ވޯޓަރވިލާ 718 ގައި ހިނގި އަލިފާނުގެ ހާދިސާ

މީގެއިތުރުން އާޒިމް ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި 718 ވަނަ ވޯޓަރވިލާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 717 ވަނަ ވޯޓަރވިލާއަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއުޓީމަކާއި ފުލުހުންގެ ޓީމެއް ޕެރަޑައިސްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

ޕެރަދައިސް ރިސޯޓާއި ހަވާލާދެއްވާ އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގިއިރު އެ ރޫމްތައް ހުރީ ހުސްކޮށް ކަމަށެވެ. 

ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ވޯޓަރވިލާ 718 ގައި ހިނގި އަލިފާނުގެ ހާދިސާ

އާޒިމް ވިދާޅުވީ ޕެރަޑައިސްގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރީ އެ ރިސޯޓްގެ މުވައްޒަފުން ކަމަށާއި ކޮންޓްރޯލް ކޮށްފައިވަނީ އަލިފާންނިވި ބޭނުންކޮށްގެން ކަމަށެވެ. 

އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަންމެދުވެރިވި ސަަބަބު މިހާތަނަށް އެނގިފައިނުވާ ކަމަށާއި މިމައްސަލަ ތަހުގީގު ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމާއެކު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް