ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 19:00
އުރީދޫ އައިޕީއޯ އިފްތިތާހުކުރުން
އުރީދޫ އައިޕީއޯ އިފްތިތާހުކުރުން
ރައީސް އޮފީސް
އުރީދޫ އާންމު އަހަރީ ޖަލްސާ
އުރީދޫގެ ބޯޑު މެންބަރަކަށް ސްޓެލްކޯގެ ސީއީއޯ ޒުހޫރު
މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކޮށްފައިވޭ
އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދީފައިވަނީ 136 މިލިއަން ހިއްސާ
އަހަރީ އާންމު ޖަލްސާގައި 699 ހިއްސާދާރުން ބައިވެރިވެފައިވޭ

އުރީދޫގެ ބޯޑު މެންބަރަަކަށް ސްޓެލްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަހުމަދު ޒުހޫރު ހޮވިއްޖެ އެެވެ

ޒުހޫރު މި މަގާމަށް ހޮވިފައިވަނީ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ މެދުގައި  ނެގި ވޯޓުންނެވެ.

އުރީދޫ މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 08:30 ގައި ދަރުބާރުގޭ ރަންނަ ބަނޑޭރިމާލަމުގަ އެވެ. އަހަރީ އާންމު ޖަލްސާގައި ޖުމްލަ 699 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 497 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށައަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދީފައިވަނީ 136 މިލިއަން ހިއްސާ އެވެ.

އަހަރީ އާންމު ޖަލްސާގައި  ވޭތުވެ ދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފައިވެ އެވެ.  މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފައިވެ އެވެ. މީގެ އިތުރުން  މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކޮށްފައިވެ އެވެ. އަދި  ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން ބޯޑު ޑައިރެކްޓަރެއް އައްޔަން ކުރުމަށް އެޖެންޑާ ކުރެވުނު އައިޓަމް އެފަރާތުން އަނބުރާ ގެންގޮސްފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

މިޖަލްސާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު  ވިކްރަމް ސިންހަ އިސްތިއުފާދެއްވާ ކަން އިއުލާން ކުރައްވާފައިވެ އެވެ. ވިކްރަމް ސިންހަ ފާއިތުވެދިޔަ ތިން އަހަރުގައި އުރީދޫ މޯލްޑިވްސްގައި މަސައްކަތް ކުރައްވާފައިވެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 އޮކްޓޯބަރ 2017 | އަންގާރަ 15:44
ތިތަނުގެހަލާކު
ތިތަނުގެހަލާކު