ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 17:45
ގއ. ވިލިގިނލި
ގއ. ވިލިގިނލި
ރާއްޖެއެމްވީ
ވިލިގިނލި
ވިލިގިނލީ ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި، ބައިލައްކަ ރުފިޔާ ވަގަށް ނަގައިފި
ކައުންސިލް އިދާރާ ފަޅާލައިފައި ވަނީ އާދިއްތަ ދުވަހުގެރޭ ދަންވަރު
މި މައްސަލައާއި ގުޅިގެން 37 އަހަރުގެ ފިރިހެނެން ވަނީ ހައްޔަރުކޮށްފަ
ކައުންސިލް އިދާރާއިން 50.000 ރުފިޔާ ވަނީ ވަގަށް ނަގާފައި

ގއ. ވިލިގިނލީ ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި، ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

 

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ވިލިގިނލީ ކައުންސިލްގެ ތިޖޫރި ފަޅާލާފައި ވަނީ ކައުންސިލް އިދާރާގެ ތިން ދޮރު ހަލާކު ކޮށްލައިގެންނެވެ. ކައުންސިލް އިދާރާގެ ތިން ދޮރު ހަލާކު ކޮށްލައިގެން ވަދެ އެ އިދާރާގައި ހުރި 50،000 ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

 

ފުލުހުން ވަނީ ވިލިގިނލީ ކައުންސިލް އިދާރާގައި ހުރި 50،000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ބަލަމުންދާކަން ކަށަވަރު ކޮށްދީފައެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ވިލިގިނލީ 37 އަހަރުގެ ފިރިހެނެން ހައްޔަރުކޮށް ތަޙްގީގް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

 

ފުލުހުން ބުނީ ވިލިގިނލީ ކައުންސިލް އިދާރާއިން އިތުރު އެއްޗެށް ގެއްލިފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް