ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 12:41
ކުޑަ ވެލައެއް: ވެލާ، ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރެވިފައިވާ ކަމަށް ވަނީ ކަނޑައަޅާފައި
ކުޑަ ވެލައެއް: ވެލާ، ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރެވިފައިވާ ކަމަށް ވަނީ ކަނޑައަޅާފައި
ގޫގުލް
ދިރޭތަކެތި ހިމާޔަތްކުރުން
ކުދި ވެލާތަކެއް ގެންގުޅުނު މީހަކު 149،000ރ. އިން ޖުރިމަނާކޮށްފި
12 ކުދި ވެލާ ހިފައިގެން ގެންގުޅުނު ކަމަށް ބުނޭ
ޖޫރިމަނާ ކުރީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން

ކުދި ވެލާތަކެއް ގެންގުޅުނު މީހަކު 149،000 ރުފިޔާއިން ޖޫރިމަނާކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

ވެލާތަކެއް ގެންގުޅުނު މައްސަލައިގައި ޖޫރިމަނާ ކޮށްފައިވަނީ ރ. މާކުރަތު، ހަކި، މުހައްމަދު މުސްތަފާ އެވެ. މުސްތަފާ ޖޫރިމަނާކޮށްފައި ވަނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ.

އީޕީއޭ އިން ބުނި ގޮތުގައި ހިފައި އަދި ގެންގުޅުން ވެސް މަނާ ވެލާތަކެއް މުސްތަފާ ގެންގުޅުނުކަން ފުލުހުންގެ ބަޔާނުން އެނގެން އޮންނަ ކަމަށެވެ.

އީޕީއޭ އިން ބުނާ ގޮތުގައި 12 ކުދި ވެލާ އޭނާ ގެންގުޅެފައި ވެއެވެ.

ތިމާވެށީގެ ގާނޫނުގެ ދަށުން ދިރޭތަކެތީގެެ ނަސްލު ރައްކާތެރި ކުރުމުގެ ގޮތުން ވެލާ، ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރެވިފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 އޮކްޓޯބަރ 2017 | އަންގާރަ 10:48
ހިއުމަން ރަޢިޓސ
އިންސާނެއްގެފުރާނަ މީއަގެއް ހުރި އެއްޗެއް ނޫން