ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 11:12
ފްލައިމީގެ ފަލައިޓެއް
ފްލައިމީގެ ފަލައިޓެއް
ގޫގުލް
ވިލާ އެއާ
ފްލައިމީގެ ދަތުރުތައް ފެށިތާ 6 އަހަރު: 1.5 މިލިއަން ދަތުރުވެރިން ވަނީ އުފުލާފައި
ވިލާ އެއާގައި ބޭނުންކުރަނީ އޭ.ޓީއާރު މަރުކާގެ 3 މަތިންދާބޯޓާއި ސެސްނާ ކެރެވަން މަތިންދާބޯޓު
އެ އެއާލައިނުގައި އެއްފަހަރާ 191 ޕަސިންޖަރުން އުފުލުމުގެ ކެޕޭސިޓީ އެބަހުރި

ވިލާ އެއާއިން ހިންގާ ފްލައިމީގެ ދަތުރުތައް ފެށިތާ ހަ އަހަރު ފުރިފައިވާއިރު  އެ އެއާލައިނުން 1.5 މިލއަން ދަތުރުވެރިން އުފުލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފްލައިމީގެ ދަތުރުތައް ފެށިތާ ހަ އަހަރު ފުރުމާ ގުޅިގެން އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވިލާ އެއާގައި އޭ. ޓީއާރު މަރުކާގެ 3 މަތިންދާބޯޓާއި ސެސްނާ ކެރެވަން މަތިންދާބޯޓަކާ އެކު 191 ޕަސިންޖަރުންގެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.

މިވަގުތު ވިލާ އެއާ ދަތުރު ކުރަމުންދަނީ ތިން އެއާޕޯޓަކަށް ކަމަށް ވިއަސް ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އެހެނިހެން އެއާޕޯޓްތަކަށް ދަތުރުތައް އަލުން ފަށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާލައިނުން ބުނެއެވެ.

އެ އެއާލައިނުން ވަނީ އަހަރީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި #FlymeSix ހޭޝް ޓެގް ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އެކި ކަހަލަ އިނާމް ހުށަހަޅާފައި ކަމަށް އެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެއާލައިނުން ގިނަ ހުރަސްތަކާ އެކު ގިރާ ކުރެވުނީ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ ހަރުދަނާ ވިސްނުންފުޅާއި ކުންފުނީގެ މުއައްޒަފުންގެ ބުރަ މަސައްކަތުންނާއި ކަސްތަމަރުންގެ އެއްބާރުލުމުގެ ސަބަބުން ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް