ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 06:05
މި މުބާރާތް ހިންގަނީ، ރާއްޖޭގެ މަޝްހޫރު ރިސޯޓް "ސިކްސް ސެންސް ލާމް" އާއި އެމްއެމްޕީއާރުސީ ގުޅިގެން
މި މުބާރާތް ހިންގަނީ، ރާއްޖޭގެ މަޝްހޫރު ރިސޯޓް "ސިކްސް ސެންސް ލާމް" އާއި އެމްއެމްޕީއާރުސީ ގުޅިގެން
ޓްވިޓަރ
ފަތުރުވެރިކަން
ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!
މި މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް 5500 ޕައުންޑް ނުވަތަ 6496 ޑޮލަރުގެ އިނާމެއް ވަނީ ކަނޑައަޅާފަ
"އެޑްވެންޗާސް އޮފް މޯލްޑިވްސް ވީޑިއޯ ކޮމްޕެޓިޝަން" ޚާއްސަކުރެވިފައިވަނީ ފަތުރުވެރިންނަށް އެކަނި

ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރިކުރުވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން މުބާރާތެއް ހުޅުވާލައިފިއެވެ.

 

"އެޑްވެންޗާސް އޮފް މޯލްޑިވްސް ވީޑިއޯ ކޮމްޕެޓިޝަން" ގެ ނަމުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން ހުޅުވާލި މި މުބާރާތުގައި ޖެހެނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް ދައްކުވައިދޭ އެއްމިނެޓްގެ ވީޑިއޯ ކޮޅެއް ހުށައަޅާށެވެ.

 

ވީޑިއޯ ވާންޖެހެނީ، ވަރަށް ތަފާތު މޮޅު ވީޑިއޯއަކަށް ކަމަށް އެމްއެމްޕީއާރުސީން ބުނެއެެވެ. އެގޮތުން ސްނޯކްލިންއާއި، އެހެނިހެން އެކްތިވިޓީތަކުގައި ދިމާވެފައިވާ ތަފަތު ތަޖުރިބާއަކަށް ވާންޖެހެއެވެ. އަދި އޮކްޓޯބަރު 12 ވަނަދުވަހުގެ ކުރިން އެ ވީޑިއޯއެއް ވިޒިޓް މޯލްޑިވްސް ޑޮޓްކޮމްއަށް އަޕްލޯޑްކުރަން ޖެހެއެެވެ.

މި މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް 5500 ޕައުންޑް ނުވަތަ 6496 ޑޮލަރުގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.

 

މި މުބާރާތް ހިންގަނީ، ރާއްޖޭގެ މަޝްހޫރު ރިސޯޓް "ސިކްސް ސެންސް ލާމް" އާއި އެމްއެމްޕީއާރުސީ ގުޅިގެންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް