ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 06:51
މަރާމާރީ ތަކާއި ގުޅިގެން ފުލުހުންދަނީ މާލޭގަައި ޚާއްސަ އޮޕްރޭޝަނެއް ފަށާފައި
މަރާމާރީ ތަކާއި ގުޅިގެން ފުލުހުންދަނީ މާލޭގަައި ޚާއްސަ އޮޕްރޭޝަނެއް ފަށާފައި
ރާއްޖެ އެމްވީ
މޮނިކޮން އަމުރު
ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ފާސްކޮށްފި
16 މީހެއްގެ ފައިގައި ޓެގު އެޅުވުމަށް ހޯމް މިނިސްޓްރަށް އެދެފައިވާ ކަމަށް ފުލުހުން ބުނޭ
ރާއްޖޭގައި ކުށްކުރުން އިތުުރުވެ ވޭތިވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 26 މީހަކު ވަނީ ރަޙުމްކުޑަ ހަމަލާތަކުގައި މަރުވެފަ

ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް އާދިއްތަ ދުވަހު ފާސްކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.


ނުވަ މީހެެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެން ފާސްކޮށްފި ކަމަށް ފުލުހުން ބުނެފައިވަނީ ،16 މީހެއްގެ ފައިގައި ޓެގު އެޅުވުމަށް ހޯމް މިނިސްޓްރަށް އެދެފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވަނިކޮށެވެ.

ނަމަވެސް މިކަމުގެ އިތުތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.


މާރާމާރީ ހުއްޓުވުމަށް އަމާޒުކޮށްގެން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން މޮނިކޮން އަމުރު ނެރެން ފެށީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރެވެ. އެފަހަރު 20 މީހެއްގެ ފައިގައި ގެޓް އަޅުވާ ގަވާއިދުން އެމީހުންގެ ހަރަކާތްތައް ބަލާފައިވާއިރު، އުމަރު ނަސީރު މިނިސްޓަރުކަމުން އިސްތިއުފާދެއްވި ފަހުން އަދި މީހެއްގެ ގައިގައި ޓެގް އަޅުވާފައެއް ނުވެ އެވެ.


ރާއްޖޭގައި ކުށްކުރުން އިތުުރުވެ ވޭތިވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 26 މީހަކު ވަނީ ރަޙުމްކުޑަ ހަމަލާތަކުގައި މަރާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް