ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 01:01
ޑރ. އަފްރާޝީމް އަލީ - އޭނާ މަރާލުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މައުމޫނު ގޮވާލެއްވި
ޑރ. އަފްރާޝީމް އަލީ - އޭނާ މަރާލުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މައުމޫނު ގޮވާލެއްވި
މަޖިލިސް
އަފްރާޝީމްގެ މަރު
އަފްރާޝީމް މަރާލުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ: މައުމޫން
މުޅި ޤައުމު ޑިމާންޑްކުރަނީ ޑިލޭއެއް ނެތި އަފްރާޝީމް މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް
އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު
އަފްރާޝީމް މަރާލީ ފައިސާ އަށް ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އަޑީގައި ތިބީ ކޮން ބައެއް ކަން މިހާތަނަށް ހޯދިފައެއް ނުވެ

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މަރުޙޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ޒިންމާވާންޖެހޭ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް މުޅި ޤައުމު ގޮވާލާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

 

ރަހުމުކުޑަ، އަނިޔާވެރިގޮތަކަށް ޑރ. އަފްރާޝީމް އަލީ މަރާލެވުނުތާ ފަސް އަހަރު ފުރިގެންދިޔުމާއި ގުޅިގެން އެކަން ފާހަގަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރުހުމުކުޑަ، އަނިޔާވެރި ބަޔެއްގެ އަތްދަށުވެ ޑރ. އަފްރާޝީމް މަރާލެވުނުތާ 5 އަހަރުވެގެންދާއިރު މުޅި ޤައުމު ޑިމާންޑުކުރަނީ، އެ މަރުގެ މައްސަލާގައި ޒިންމާވާންޖެހޭ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްކަމަށެވެ. އަދި އެއްވެސް ޑިލޭއެއް ނެތި އެކަންކުރުމަށް މުޅި ޤައުމު ޑިމާންޑްކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 

 

އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރ 1، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. އަފްރާޝީމް މަރާލި ތާރީހަށް 5 އަހަރު ފުރުނުއިރު އަދިވެސް އެކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ހ. ލޮބީ ހުސެއިން ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އަފްރާޝީމްގެ މަރުގެ މައްސަލަ ހުމާމްއާ ހިސާބުން ނުނިމޭކަންދޭހަވާގޮތަށް ރައީސް ޔާމީންވެސް ވަނީ ވާހަކަދައްކަވާފަ އެވެ.

 

ޤައުތުލުގެ ހަޤީޤަތާއި ހިމައަށް ވާސިލްވުމަށް ހުމާމް މެރުމަށް ބޭނުންނުވާކަމަށް، ޑރ. އަފްރާޝީމްގެ އާއިލާއިން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް