ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 01:02
ޤާނޫނީ ވަކީލުން، ބަނޑާރަ ނައިބަށް ފާޓުފުޅާ ޤާނޫނު އަސާސީ އެރުވުމަށް ވަޑައިގަންނަވަނީ
ޤާނޫނީ ވަކީލުން، ބަނޑާރަ ނައިބަށް ފާޓުފުޅާ ޤާނޫނު އަސާސީ އެރުވުމަށް ވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ދުސްތޫރީ ފަސާނާ
ދުސްތޫރީ ފަސާނާގެ ދެ ވަނަ ހަރަކާތް މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބާއްވަނީ
އެ ހަރަކާތް ބާއްވާނެ ތަނަކާއި، ވަގުތު ފަހުން އާންމުކުރާނެކަމަށް ވަކީލުން ބުނެ
ފުރަތަމަ ހަރަކާތް ކުރިއަށްގޮސްފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައި
ފުރަތަމަ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ

ޝަރުއީ ދާއިރާއާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން "ދުސްތޫރީ ފަސާނާ" ގެ ނަމުގައި ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ދެ ވަނަ ހަރަކާތް މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

 

ޤާނޫނީ ވަކީލުން ކުރިއާގެންދާ މި ހަރަކާތުގެ ދެ ވަނަ ހަރަކާތް މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައިވާއިރު، އެ ހަރަކާތް ބާއްވާނެ ތަނަކާއި، ވަގުތު ފަހުން އާންމުކުރާނެކަމަށް ވަކީލުން ބުނެ އެވެ. އަދި ފުރަތަމަ ހަރަކާތް ކުރިއަށްގޮސްފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައިކަމަށްވެސް ވަކީލުން ބުނެ އެވެ.

 

 

މި ސިލްސިލާގެ ފުރަތަމަ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ދުވަހު ކުރިއަށްގެންގޮސްފައިވަނީ ޕެނަލް ޑިސްކަޝަނެކެވެ. އެރޭގެ ޕެނަލްގައި ބައިވެރިވެފައިވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދާއި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ހެޑް ހަނީފާ ހާލިދެވެ.

 

"ދުސްތޫރީ ފަސާނާ" ޕެނަލް ޑިސްކަޝަންގެ އިތުރުން ގާނޫނީ ވަކީލުން މިފަހުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ޝަރުއީ ދާއިރާގައި އިސްލާހުކުރަން ހުރި ކަންތައްތައް ބަޔާންކޮށް 56 ގާނޫނީ ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށާއި ބަންޑާރަނައިބަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރި އެވެ. ބޮޑު ގާނޫނު އަސާސީއަކާއެކު ހުށަހެޅި ޕެޓިޝަން ބަންޑާރަނައިބުގެ އޮފީހުން ބަލައިގަތް އިރު، ސުޕްރީމް ކޯޓުން ވަނީ ޕެޓިޝަން ބަލައިނުގަނެ ވަކީލުން ސަސްޕެންޑް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް