ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 20:08
2015 ވަނަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
2015 ވަނަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޑިޕެންޑެންޓް
ނޫސްވެރިކަމުގެ އެވޯޑް
ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު މިމަހުގެ 11 ވަނަ ދުވަހުގެ ބާއްވަނީ
މިއަހަރު އެކި ސަބަބުތަކާއިހުރެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮތީ ފަސްކޮށްފަ
މި އަހަރު ޖުމްލަ އަށް ދާއިރާއަކުން ނޫސްވެރިންނަށް އެވޯޑް ދިނުމަށް ވަނީ ނިންމާފައި
އިނާމްތަކަށް ޖުމްލަ 45 ހުށަހެޅުމެއް ހުށަހަޅާފައިވޭ

ނޫސްވެރިކަމުގެ އިނާމް، މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

 

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް މީޑިއާ ކައުންސިލުން އެވޯޑެއްދޭން ފަށާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އަދި ކޮންމެ އަހަރަކުވެސް އެ އެވޯޑް ދެމުންގޮސްފައި ވަނީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެންނެވެ. ނަމަވެސް މިއަހަރު އެކި ސަބަބުތަކާއިހުރެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮތީ ފަސްކޮށްފަ އެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު އާންމު ކުރި ދެންނެވުމެއްގައި ވަނީ މިހާރު އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭގައި ކަމަށެވެ.

 

މި އަހަރު ޖުމްލަ އަށް ދާއިރާއަކުން ނޫސްވެރިންނަށް އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ. އެއީ އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަދި ވީޑިއޯ ޖާނަލަޒިމްގެ ދާއިރާ އެވެ. މީގެ އިތުރުން މިއަހަރު ފީޗާ ލިއުމުގެ ދާއިރާއިންވެސް އިނާމު ދޭނެ އެވެ. އަދި ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

 

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެކި އިނާމްތަކަށް ޖުމްލަ 45 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް