ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 19:06
ގާސިމް އިބުރާހިމް
ގާސިމް އިބުރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބުރާހިމް
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްނުދިން މައްސަލައިގެ ޝަރީއަތް ފަށައިފި
ވަގުތީ އަމުރާ މެދު އަދި ގޮތެއް ނުނިންމާ
ލިޔެކިއުންތައް ވަނީ ބަދަލުކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ސަރުކާރުން ދީފައިވާ މުއްދަތު އިތުރު ކޮށްނުދިނުމަށް ނިންމާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފަށައިފި އެވެ.

 

މޯލްޑިވްސް ކަރެކްޝަނަލް ސާވީސްއާ ދެކޮޅަށް ހުށަހެޅި މި މައްސަލަ އެންމެ ފުރަތަމަ ގޮސްފައިވަނީ އެ ކޯޓުގެ ވާހަކަ ދައްކައިގެން ހައްލު ކުރުމުގެ ބައި، ނުވަތަ ޑިސްޕިއުޓް ރިސޮލިއުޝަން ޑިވިޝަނަށްށެވެ. ނަމަވެސް އިތުރަށް ވާހަކަ ދައްކައިގެން ކުރިއަށް ދިއުމަށް މައްސަލަ ހުށަހެޅި ގާސިމްގެ ފަރާތުން ބޭނުން ނުވާތީ މައްސަލަ ޝަރީއަތައް ފޮނުވީ އެވެ.

 

އާދިއްތަ ދުވަހު ބޭއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ލިޔުންތައް ބަދަލު ކުރުމެވެ. ގާސިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދިން މުއްދަތު ހަމަވެގެން އެނބުރި އައުމަށް އަންގާފައިވާ އެންގުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވީ ނަމަވެސް އަދި އެ އަމުރު ނެރިފައިނުވެ އެވެ.

 

ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ގާސިމް ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ގައެވެ. އަދި އެއަށް ފަހު ޓެސްޓުތައް ހެއްދެވުމަށްފަހުގައި ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޮޕަރޭޝަނަށް ފަހު ތިން މަސްދުވަސްވަންދެން އެގައުމުގައި މަޑުކުރައްވާ ޓެސްޓުތައް ހައްދަވަން ޖެހޭކަމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.

 

ތިން އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމަށް ރާއްޖެއިން ބޭރުން ކުރަން ޖެހޭ ބޭސްފަރުވާ ކުރުމުގެ އިންތިޒާމްތައް ހަމަ ޖައްސައި ދިނުމަށް ކްރިމިނަލް ކޯޓުގެ އަމުރުކޮށްފައިވެ އެވެ. ނަމަވެސް ގާސިމް ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފުރަތަމަ ހުއްދަ ދީފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ. އެއަށް ފަހު އިތުރު 10 ދުވަސް ކަރެކްޝަނުން ވަނީ އިތުރުކޮށްދީފައެވެ. އަދި އެނބުރި އައުމަށް ފަސް ދުވަސް އޭގެ ފަހުން ވެސް ވަނީ އިތުރުކޮށްދީފަ އެވެ.

 

ގާސިމްގެ ގާނޫނީ ވަކީލް ވިދާޅުވެފައިވަނީ ސަރުކާރަށް ފެންނަނީ ހަމަ އެކަނި ގާސިމަށް ހުކުމް ކޮށްފައިވާތަން ކަމަށެވެ. އަދި ބޭސްފަރުވާ ކުރުމަށް ފުރުސަތުދޭން ދައުލަތުގެ އެންމެހާ ފަރާތްތަކުގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާއިރު ބޭސްފަރުވާއަށް ފުރުސަތު ދިނުމަކީ ކަރެކްޝަނުގެ އިހްތިޔާރީ ކަމެއް ނޫން ކަމަށެވެ. އަދި ބޭސްފަރުވާއަށް މުއްދަތު އިތުރުކޮށް ނުދޭ މައްސަލައިގައި ތަފާތު 84 ސިޓީއެއް އެކި ތަންތަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް