ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 13:29
ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް، 24،
ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް، 24،
ރާއްޖެ އެމްވީ
މީހަކު މަރާލުން
ހުޅުމާލޭގައި ހަމަލާދީ ހާރިސް މަރައިލި މައްސަލައިގައި 23 އަހަރު މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ޒުވާނެއް
ހާރިސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ
ހަށިގަނޑުގެ 8 ތަނަކަށް ހަމަލާދީފައިވޭ

ހުޅުމާލޭގައި ތުނޫ އެއްޗަކުން ހަމަލާދީ ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް (24އ)، އަށް މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ އާދިއްތަ ދުވަހު ހުޅުމާލެއިން ކަމަށް ފުލުހުން ބުނެއެވެ. 

ހާރިސް މަރުވިއިރު އަންބަކާއި ދަރިއަކު ދުނިޔޭގައި ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހާރިސްއަކީ ހުޅުމާލޭ ހާފްވޭ ހައުސްގައި މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދަމުންދިޔަ ޒުވާނެކެވެ. ހާރިސްއަށް ވަޅިން ހަމަލާ ދިފައިވަނީ، އާއިލީ ދުވަހަށް ބޭރަށް ދިއުމަށްފަހު އެނބުރި ހާފްވޭ ހައުސްއަށް ދަނިކޮށް، ހާފްވޭ ހައުސް ކައިރިން، ސައިކަލެއްގައި ދިޔަ ދެމީހަކެވެ. 

ހުޅުމާލެއިން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި، ހާރިސް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް