ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 12:51
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ފަޒީން
މަޖިލިސް ކޮމެޓީ
މާލޭއަށްވުރެ އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ އެކަން ކޮމެޓީން ބަލަނީ
ރަށްރަށުގައި ކަރަންޓްގެ އަގު ބޮޑު
ފެނަކައިގެ އޮޑިޓް ރިޕޯޓުން އަގު ބޮޑުކޮށް، ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޑީސަލް ގަނެފައިވޭ
ފެނަކައިގެ އޮޑިޓް ރިޕޯޓްގައި މިލިޔަނުން ހިޔާނާތާއި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނޭ

މާލެ ސިޓީއަށް ވުރެ އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދެމުންދާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހުށަހެޅި އެމައްސަލަ ބަލަން ފަށައިފި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިމައްސަލަ ބެލުމަށް އާދިއްތަ ދުވަހުގެ 13:00ގައި ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 

އެކޮމެޓީގެ އެޖެންޑާގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ، މާލެއާ އަޅާބަލާއިރު،  އެހެން ރަށްރަށުގައި ފެނަކައިން ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ އަގު ބޮޑުވުމާ ގުޅޭ މައްސަަލަ  ދިރާސާ ކުރުމަށެވެ. 

ރަށްރަށުގައި ފެނާއި ކަރަންޓްގެ ހިދުމަތުގެ އަގު ބޮޑު ކަމަށް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ބުނަމުންދާއިރު، ކަމާބެގޭ އިދާރާތަކުން ބުނަނީ ރަށްރަށުގައި ހިދްމަތް ދިނުމުގައި ހުރި ދަތިތަކާއި ކުރަންޖެހޭ ޚަރަދު ބޮޑުކަމުން ހިދްމަތުގެ އަގު ބޮޑުވާ ކަމަށެވެ. 

ނަމަވެސް ފެނަކައިގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ވެސް އެތައް މިލިއަޔަނަކުން ހިޔާނާތާއި ކޮރަޕްޝަން ހިންގާފައިވާކަން ވަނީ ފަޅާއަރާފަ އެވެ. ރަށްރަށުގައި ހިންގާ އިންޖީނު ގެތަނަށް ބޭނުންވާ ޑީސަލް ގަންނަނީ ލިބެން ހުރި އަގަށް ވުރެ އެތައްތަނެއް ބޮޑުކަންކަން ވެސް ވަނީ ހާމަވެފަ އެވެ. 

މިމައްސަލަ ހުށަހަޅާފައި ވަނީ އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނެވެ. 

މިމައްސަލައިގެ އިތުރުން ވެސް ފްލެޓްތަކާއި ގުޅޭ މައްސަލައެއްވެސް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހުށަހެޅި ދަނީ ބަލަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް