ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 01:57
ސަރުކާރުން ހިންގި ހަރާކަތްތަކުގައި ހިމެނުނު ފުޓްބޯޅަ މެޗް
ސަރުކާރުން ހިންގި ހަރާކަތްތަކުގައި ހިމެނުނު ފުޓްބޯޅަ މެޗް
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތްތަކުގައި ރައީސް ޔާމީން ފެނިވަޑައެއް ނުގެންނެވި!
ޢަމަލީގޮތުން ރައީސް ޔާމީނެއް ނުފެނުނު
ސަރުކާރުން ހިނގި ހަރަކާތަކީ ރައީސްގެ އިސްނެންގެވުމެއް. ރައީސްގެ ބެއްލެވުމުގެ ދަށުން ހުރިހާ ކަމެއްވެސް ހިނގީ: މުއާޒް
"ޔާމިން 18" ޖެހި ޖާޒީއާއެކު މެޗުގެ ބައިވެރިން ފޮޓޯ ނެގިއިރު ރައީސް ޔާމީން ވަޑައެއް ނުގަންނަވާ

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހިންގި ހަރަކާތްތައް ނިމިގެން ދިޔައިރުވެސް އެއްވެސް ހަރަކާތެއްގައި ރައީސް އަބްދުﷲ ޔާމީންގެ ފެނިވަޑައިނުގެންނެވި އެވެ.

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ފެށި ހަރަކާތްތައް ހޮނިހިރު ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް ނިންމާލި އިރުވެސް އެއްވެސް ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް، ސަރުކާރުން އެކުލަވާލާފައި އޮތް ކޮމިޓީގައި ވެސް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ ރޮހިންޖޭ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމެއްގެ މަތިން ސަރުކާރުގެ ބޭފުޅުން ކޮޅެއް އައްޔަން ކުރައްވައިގެން ހިންގެވި ހަރަކާތެއް ކަމަށެވެ.  އެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ރޮހިންޖާއާ ގުޅޭ ގޮތުން ހިންގި ހަރަކާތްތަކަށް ރައީސް ޔާމީން ވަޑައިގެންނެވިކަން ފޮޓޯގަނޑަކުން ފެނިގެން ގޮސްފައި ނޯވެދާނެ ކަމަށާއި ރައީސް ޔާމީނަކީ ދެއްކުން ތެރިކަމަށް ފޮޓޯ ނަންގަވާ ބޭފުޅެއް ނޫން ކަމަށެވެ.

މުއާޒު މިހެން ވިދާޅުވި ނަމަވެސް، މާލޭގެ ވަށައިގެން ރައީސް އަބްދުﷲ ޔާމީންގެ ބޮޑެތި ފޮޓޯ ޖެހި ބިލްބޯޑްތައް ބަހައްޓާފައިވެ އެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ނަމުގައި ހަރަކާތްތަކެއް ހިންގަން ފަށާފައިވަނީ އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ނެގި ވޯޓުގައި ސަރުކާރުން ބައިވެރިނުވެ އަދި އެވޯޓު ނެގިއިރު ރާއްޖެއިން ޗެމްބަރއަށްވެސް ވަޑައިގެން ނެތުމުން ދިވެހިރައްޔިތުންގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހިންގި މި ހަރަކާތުން 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ގިނަ ފައިސާ ހަދިޔާކޮށްފައިވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނިތަކުންނާއި ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުންނެވެ.

 

މިހަރަކާތުގައި ހިންގި ކަންތައްތަކުގެ ތެރެއިން އެއްފަހަރާ އެންމެ ގިނައިން ފައިސާ ލިބިފައިވަނީ، ޤައުމީ ޓީމާއި މަޖިލިސް މެންބަރުންނާއެކު ކުޅުނު މެޗުންނެވެ. އެމެޗުގައި ޖާޒީ ނީލަން ކިއުން އޮތްއިރުވެސް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ ޖާޒީ ގަނެފައިވަނީ 1.5 މިލިއަން ރުފިޔާށެވެ. އަގުބޮޑުކޮށް ޖާޒީ ވިއްކާލެވުނަސް ގަމަރަށް ވިއްކައެއް ނުލާނަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް