ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 01:45
ޖެން ހޮޓެލްގައި އެމްޓީސީސީން ބޭއްވީ ރަސްމިއްޔާތު
ޖެން ހޮޓެލްގައި އެމްޓީސީސީން ބޭއްވީ ރަސްމިއްޔާތު
ފާތިމަތު ޝަނާ މުހައްމަދު
އެމްޓީސީސީން ހިއްސާ ވިއްކުން
އެމްޓީސީސީގެ ހިއްސާއެއް ވިއްކަނީ 62ރ. އަށް
ހިއްސާ ވިއްކަނީ މިހާރު ވެސް ހިއްސާގަނެފައިވާ ހިއްސާދާރުންނަށް
305 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ
ފަސް މިލިއަން ހިއްސާ ވިއްކުމަށް ވަނީ ނިންމާފަ

އެމްޓީސީސީގެ މިހާރުގެ ހިއްސާދާރުންނަށް  ފަސް މިލިއަން ހިއްސާ ވިއްކަން ނިންމައިފި އެވެ.

އަލަށް ހުޅުވާލި ހިއްސާ ގަތުމަށްޓަކައި ހިއްސާދާރުންނަށް ދައުވަތު ދިނުމަށް ބޭއްވި 

ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީން ވަނީ އެކުންފުނިން ދޫކުރާ "ރައިޓްސް އިޝޫ" ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

ފަސް މިލިއަން ހިއްސާ ވިއްކުމަށް ހަމަޖެހިފައިވާ އިރު ގާތްގަނޑަކަށް 305 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ނިންމާފަ އެވެ. ހިއްސާއެއް ވިއްކަނީ 62ރ. އަށެވެ.

ރައިޓްސް އިޝޫ ކުރުމަކީ ކުންފުނީގައި އެވަގުތަކު ތިބޭ ހިއްސާދާރުންނަށް ކުންފުނީގެ އިތުރު ހިއްސާ ގަތުމަށް ދައުވަތު ދިނުމެވެ. އެމްޓީސީސީގައި ގާތްގަނޑަކަށް 22000 ހިއްސާދާރުން ތިބެ އެވެ.

އެމްޓީސީސީގެ ޗެއަރމަން، އަހުމަދު ނިޔާޒް ވިދާޅުވީ، އެކުންފުނީގައި މިހާރު ތިބި ހިއްސާދާރުންނަށް އަމާޒުކޮށްގެން ހިއްސާވިއްކުމަށް ހުޅުވާލުމަށް ނިންމާފައިވަނީ  އެ ކުންފުނިން ވިޔަފާރި ފުޅާ ކުރުމަށް ގަނެފައިވާ " ހޮޕަރ ސަކްޝަން ޑްރެޖަރު" އަށް ފައިސާ ދެއްކުމަށާއި އެ ޑްރެޖަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ރައިޓްސް އިޝޫގެ ދަށުން ހިއްސާދާރުން ކުރިން ގަނެފައިވާ ކޮންމެ ހިއްސާއަކަށް، ހިއްސާއެއް ގަތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.އެހެން ކަމުން އެމްޓީސީސީގެ ހިއްސާދާރުންނަށް އަލަށް ވުމުގެ ފުރުސަތު މިފަހަރު  ލިބިގެންނުދާނެ އެވެ.

ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޫބަރުން ފެށިގެން 03 ޑިސެމްބަރުގެ ނިޔަލަށެވެ.

" އެޑްވާސްގެ ގޮތުގައި ސަރުކާރުން ޑްރެޖަރ ގަތުމަށް 11 މިލިއަން ޑޮލަރު އެމްޓީސީސީއަށް ވަނީ ދެއްވާފަ. އަދި އެފައިސާ އީކުއިޓީގެ ގޮތުގައި ބަދަލު ކުރުމަށް މިހާރު ނިންމަވާފައިވަނީ. ޑްރެޖަރ ގަތުމަށް ބާކީ ފައިސާ ނެގީ ބޭރު ކުންފުންޏަކުން ނެގި ލޯނަކުން. އަދި ސަރުކާރުން ބައްލަވައިގަތް ގޮތަށް އެހެން ހިއްސާދާރުންނަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލީ. ހިއްސާވިއްކައިގެން އަޅުގަނޑުމެން ކުންފުންޏަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ. އިތުރަށް އިންވެސްްޓް ކުރުމަށް ފުރުސަތު ލިބިގެންދާނެ." ނިޔާޒް ވިދާޅުވި އެވެ.

އެމްޓީސީސީން ހިއްސާ ވިއްކަން ނިންމާފައިވާ އިރު 2016 ވަަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވ ސާފު ފައިދާގެ ގޮތުގައި 115.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ 26 ޕަސެންޓް ދަށް އަދަދެކެވެ.

އެމްޓީސީސީން ބުނީ މިވަގުތު ކުންފުނީގެ ދަފްތަރުގައި ތިބި، ހިއްސާދާރުންނަށް ހިއްސާ ވިއްކުމުން ކުންފުނީގެ ފައިދާ އިތުރުކޮށް އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ފުޅާ ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 އޮކްޓޯބަރ 2017 | އާދީއްތަ 06:26
Jameel
Hihsaa bodu agugaa ganna hihssaage verifaraathuh aharu nimey iru hihssaa akuh Rf 10 ves nulibey ginafaharu.. Thee rahyithunnuh olhuvaalumeh...