ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 23:16
"ގޯލްޑް 100" ނުވަތަ އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
"ގޯލްޑް 100" ނުވަތަ އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ގޫގުލް
ރަނގަޅު 100 ކުންފުންނި
އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
31 ޑިސެމްބަރާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ

"ގޯލްޑް 100" ނުވަތަ އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން 31 ޑިސެމްބަރ 2017 އާއި ހަމައަށް ފުރުސަތު ހުޅުވާލައިފައިވާއިރު "ގޯލްޑް 100 ގާލާ" އިވެންޓް އޮންނާނީ މި އަންނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

މި އިވެންޓުގައި ހޮވޭ އެންމެ ރަނގަޅު 100 ކުންފުނީގެ ލިސްޓް ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން މެގަޒިންގައި ޝާއިޢު ކުރާނެ އެވެ.

އެންމެ ރަނގަޅު ކުންފުނިތަކަށް ނަން ހުށަހަޅާއިރު ކުންފުނިތައް އަސާސީ ޝަރުތުތަކެއް ހިމެނެއެވެ.

އެގޮތުން ކުންފުންޏަކީ ރަޖިސްޓްރީ ކުރެވިގެން އިޤްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވުމާއި ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއް ކަމުގައި ވުމާއި 31 ޑިސެމްބަރ 2012 ގައި ނުވަތަ އޭގެ ކުރިން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއް ކަމުގައި ވުމާއި އަދި އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާގެ ފައިދާ ލިބޭ ކުންފުންޏެއް ކަމުގައި ވުމެވެ.   

 ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓުން ފޯމްތައް ޑައުންލޯޑް ކުރެވޭނެ އެވެ.

 

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް