ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 15:30
ޖުމްލަ 56 ވަކީލުން ސަސްޕެންޑްކުރިއިރު، މިހާތަނަށް ހުއްދަ ދީފައިވަނީ 29 ވަކީލުންނަށް
ޖުމްލަ 56 ވަކީލުން ސަސްޕެންޑްކުރިއިރު، މިހާތަނަށް ހުއްދަ ދީފައިވަނީ 29 ވަކީލުންނަށް
މުހައްމަދު ޝަރުހާން
ވަކީލުންގެ ސަސްޕެންޝަން
އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި، އަދިވެސް 27 ވަކީލެއް ސަސްޕެންޝަނުގަ!
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ހުއްދަ ދިނީ މައްސަލަ ބެލުމަށް ފަހު
މިހާތަނަށް ޖުމްލަ 29 ވަކީލުން ސަސްޕެންޝަން ވަނީ އުވާލާފަ
ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ފާޑުކިޔުން ސުޕްރީމް ކޯޓަށް

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅަން އުޅުމުން ސަސްޕެންޑް ކުރި ވަކީލުންތަކަކަށް އަލުން ހުއްދަ ދީފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނީ ވަކީލުންތަކުގެ މައްސަލަ ބެލުމަށްފަހު އޭގެ ތެރެއިން 16 ވަކީލެއްގެ ސަސްޕެންޝަން އުވާލާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި 56 ވަކީލަކު ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން ދިޔައީ އޯގަސްޓް 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ ޕެޓިޝަން ބަލައި ނުގަނެ، ޕެޓިޝަންގައި ސޮއިކުރެއްވި ވަކީލުން ސެޕްޓެމްބަރު 10 ވަނަ ދުވަހު ސަަސްޕެންޑްކުރި އެވެ. މި ސަސްޕެންޝަން އައީ"ފާޓު ފުޅާ" ގާނޫނު އަސާސީއަކާއެކު ވަކީލުންގެ ޕެޓިޝަން އެޓާނީ ޖެނެރަލް އޮފީހަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު ހުށަހެޅުއްވި ފަހުންނެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރުންތަކެއް ހިމެނޭ ގޮތަށް 35 ވަކީލުންނެއް ނިކުމެވަޑައިގެން، ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވާފައިވެއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ވަކީލުން ސަސްޕެންޑް ކުރީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާތީ އެވެ.

ހޮނިހިރު ދުވަހު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލިއިރު، ސެޕްޓެމްބަރު 18 ވަނަ ދުވަހު 13 ވަކީލެއްގެ ސަސްޕެންޝަން އުވާލާފައިވެއެވެ. އެހެންކަމުން ޖުމްލަ 29 ވަކީލެއްގެ ސަސްޕެންޝަން މިވަނީ އުވާލާފަ އެވެ.

މިފަހަރު ސަސްޕެންޝަން އުވާލި ވަކީލުންގެ ތެރޭގައި އަހުމަދު ނާޒިމާއި، ސަފާ ޝަރީފާއި، އަހުމަދު ޝަފީގާއި، ނޫރުއްސަލާމް އަބޫބަކުރާއި، އަބްދުﷲ ޝާއިރުގެ އިތުރުން ރައީފާ އަބްދުލް ވައްހާބް ހިމެނެ އެވެ.

ޕެޓިޝަނުގައި ސޮއިކޮށްގެން 54 ވަކީލަކު ސަސްޕެންޑްކުރިއިރު، ޕެޓިޝަން ހުށަހަޅަން އުޅުމުގެ ކުރިން ވެސް ދެ ވަކީލަކު ތިއްބެވީ ސަސްޕެންޝަނުގަ އެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. 

ވަކީލުންގެ ސަސްޕެންޝަން އުވާލާފައި މިވަނީ ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާތަކުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ލޯ އޭޝިއާއާއި، އެމްނެސްޓީ އިންޓަނޭޝަނަލްއާއި، އިންޑިއާ ސުޕްރީމް ކޯޓް ބަރ އެސޯސިއޭޝަންގެ އިތުރުން އިންޓަނެޝަނަލް ކޮމިޝަން އޮފް ޖުރިސްޓްސް (އައިސީޖޭ) އިން ވަނީ ވަކީލުން ސަސްޕެންޑް ކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން ގިނަ އަދަދެއްގެ ވަކީލުން ވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް، ސިވިލް ކޯޓުން މައްސަލަ ބަލައިގަނެފައި ނުވެއެވެ.

ގިނަ އަދަދެއްގެ ވަކީލުންތަކެއް ސަސްޕެނޑް ކުރުމުން ކޯޓުތަކުގައި ހިންގާ މައްސަލަތަކަށް އެކަމުގެ އަސަރު ކޮށްފައިވެއެވެ. އެގޮތުން ގިނަ މައްސަލަތަކެއް ކެންސަލް ކުރަން ޖެހުނުއިރު، އަނެއް ބައި މައްސަލަތަކުގައި އެހެން ވަކީލުން ހޯދަން މުއްދަތު ދޭން ޖެހުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 އޮކްޓޯބަރ 2017 | އާދީއްތަ 07:20
ޫޔާމީން
- މޫސާގެފާނާއި އެކަލޭގެފާނަށް ތަބަޢަވީމީހުންނާއި ފިރުޢައުނުގެ ލަޝްކަރު އަރާހަމަކުރިއެވެ. އޭރު ކުރިމަތީގައި އޮތީ މާ ސިންގާ ކަނޑެވެ. ފަހަތުން ހަތިޔާރު އެޅި، ބިޔަ ބޮޑު ލަޝްކަރެކެވެ. ހުރިހާ ކޮޅެއް ބަންދުވީއެވެ. އެހެންނަމަވެސް މޫސާގެފާނު ﷲގެ ރަޙްމަތަށް އުންމީދެއް ކަނޑައެއްނުލައެވެ. އެހިނދު އެ ދަތި ކަމުން ނުކުންނާނެ މަގެއް މާތް ﷲ ދެއްކެވިއެވެ. މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްތެރިކަމާއެކު ކަނޑު ހުރަސްކުރިއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއި މޫސާގެފާނުގެ ވާހަކަޔާއި ގުޅެނީ މިހާ ހިސާބުންނެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ބައެއް ފަހަރު ކަންކަން ވަރަށް ބޮޑަށް ދަތިވެއެވެ. ބައެއްފަހަރު ކަންކަން ޙާސިލުކުރެވެން އޮތް ހުރިހާ މަގެއް ބަންދުވީއޭ ހިތަށް އަރާވަރަށް ކަންކަން ދަތިވެއެވެ. ނަމަވެސް މި ހަދީސްގައިވާ ގޮތަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހަމަ މާދަމާވެސް ތިމާގެ ގިލަންވެރިކަން ފިއްލަވާފާނެއެވެ. އެކަމަށް ތިމާ ހީވެސް ނުކުރާ ސަބަބެއް މެދުވެރިކުރައްވައިގެންނެވެ.