ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 07:08
މިރޭ މާލޭގެ ގެއެއް ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކުރަނީ
މިރޭ މާލޭގެ ގެއެއް ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކުރަނީ
ރާއްޖެ އެމްވީ
މާރާމާރީ
މާލޭގައި ހިންގި މާރާމާރީ އާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި
ހުކުރު ދުވަހުގެ ހިންގި މާރާމާރީގައި މީހަކު މަރާލާފައިވޭ
ފުލުހުން ގެންދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުން

މާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގި މާރާމާރީއާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ ހިނގި މާރާމާރީއާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

މާލޭގައި ހިނގި މާރާމާރީގައި ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ޖީސިކްސް ކެފޭގައި އިން ޒުވާނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖީސިކްސް ގައި އިން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ މަޢުލުމާތު ހުކުރު ދުވަހުގެރޭ 23:32 ހާއިރު  ލިބުމާއި ގުޅިގެން އެ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ ހަށިގަނޑުގެ 3 ތަނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ.

މީގެ އިތުރުން ހަމަ މިރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ވަނީ މަރާލާފަ  އެވެ. މަރުވެފައިވަނީ ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް، 24، އެވެ. ފުލުހުން ބުނީ އޭނާ މަރާލި ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް