ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 07:06
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މުހައްމަދު ޝަރުހާން
އިމްތިޔާޒް ފަހުމީ
ރައީސް ޔާމިނަކީ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ބޭފުޅެއްނޫން: އިންތި
ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނީ އިތުރު ދަތިތަކާ
ރައީސް ޔާމިން ތަންތަނަށް ވަޑައިގަންނަވާއިރުވެސް ފެންނަނީ ހުދުމުހްތާރުކަން
ރައީސަް ވެފައިވާ އެއްވެސް ރިޔާސީ ވައުދެއް ނުފުއްދަވާ

ރައީސް އަބްދުﷲ ޔާމިނަކީ ދިވެހި ރައްޔިތުންގެ އުއްމީދާ އެއްވެސް ވަރަކަށް ގުޅުމެއްވާ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ "މި ރައީސް" ޕްރޮގުރާމްގައި އިންތި ވިދާޅުވީ ރައީސް  ޔާމިން ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހިންނަށް ކުރިމަތިވީ އުނދަގޫތައް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ހޯދަދީފައިވާ ލުއި ފަސޭހަތަކާއި މަންފާތައް ރައީސް ޔާމިންގެ ވެރިކަމުގައި ރައްޔިތުންގެ އަތުން ބީވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

 ރައީސް ޔާމިނަކީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅާ ދިމާ އިދިކޮޅަށް ކަން ކުރައްވާ ބޭފުޅެއް ކަމަށް ގިނަ ރައްޔިތުން އެއްބަސްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.  

 

" ބުމަރެއް ވެސް އަނބުރާލާފައި ދޫކޮށްލީމަ އެ އެނބުރޭނެ މި ބޭފުޅާގެ ސިކުނޑިއަށްވުރެ ތަރުތީބު ގޮތަކަށް. އަޅުގަނޑަށް ހަމަޔަގީން މި ބޭފުޅާގެ ސިކުނޑި އެނބުރޭ ގޮތަށްވުރެ ތަރުތީބުކޮން އަމާޒު ހިފޭ ގޮތަކަށް އެނބުރޭނެ،" އިންތި ވިދާޅުވި އެވެ.

 

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މައްސަލައާ ގުޅޭ ގޮތުން އިންތި ވިދާޅުވީ ރައީސް ޔާމިން އެވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު "ހިސޯރުކޮށް ބަނދެފައި" ކަމަށެވެ.

 

ރައީސް ޔާމިން ރަށްތަކަށް ވަޑައިގަންނަވާއިރުވެސް ހުދުމުހްތާރު ގޮތްތައް ފެންނަމުންދާ ކަމަށާއި ސަރުކާރުގެ ތެރެއިން ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ވައްކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ދައުލަތެއްގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އުނިވެފައިވާ ކަމަށާއި ރިޔާސީ ވައުދުތައްވެސް ސަރުކާރުން ނުފުއްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

" ކޮބައިތޯ މަސްވެރިންނަށް ދޭން ވިދާޅުވި ދިހަ ހާސް ރުފިޔާ، މަސްވެރިންނަށް އެ ލާރި ނުލިބެއޭ ބުނުމުގެ ހައްގުވެސް ނިގުޅައިގަނެގެން. ނުބުނެއޭ ބުނުމުގެ އެ ބިލްބޯޑު ޖެހުމުގެ ހައްގުވެސް ނެތް. ކޮބައިތޯ ދަނޑުވެރިޔާއަށް ދެއްވަން ވިދާޅުވި އަށްހާސް ރުފިޔާ، ދަނޑުވެރިން ސުވާލުކުރައްވާ ބައްލަވާ، ކޮބައިތޯ ރިސޯޓްތަކުގެ ހިއްސާ ދެއްވާނެ ކަމަށް ވިދާޅުވި ދެއްވިތޯ. ކޮބައިތޯ ކޮންމެ އާއިލާއަކަށް ޑޮކްޓަރު، ދެއްވިތޯ،" އޭނާ ވިދާޅުވި އެވެ.

 

މީގެ އިތުރުން ރައީސް ޔާމިން ވަނީ އެކަނިވެރިވެފައި ކަމަށާއި ވެރިކަމަށް ގެނައި މީހުންވެސް ފްރޭމްކޮށް ޖަލަށްލާފައިވާކަން ފާހަގަ ކުރައްވާ އިންތި ވިދާޅުވީ އެމަނިކުފާނާ އެކު އެއްވެސް ސިޔާސީ ލީޑަރަކު މަސައްކަތް ކުރައްވަން ބޭނުންނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް