ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 00:16
ޖީސިކްސް ކެފޭ ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޖީސިކްސް ކެފޭ ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
ވަޅިން ހަމަލާދިނުން
މާލޭގެ ކެފޭއެއްގެ ތެރެއިން ޒުވާނަކަށް ވަޅިން ހަމަލާދީފި
ހަމަލާދީފައިވަނީ ޖީސިކްސް ކެފޭ ތެރެއިން
3 ތަނަކަށް ވަޅިހަރާފައިވޭ
ޒަވާނާއަށް ދަނީ އޭޑިކޭގައި ފަރުވާދެމުން

ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ޖީސިކްސް ކެފޭގައި އިން ޒުވާނަކަށް ވަޅިން ހަމަލާދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖީސިކްސް ގައި އިން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ މަޢުލުމާތު ހުކުރު ދުވަހުގެރޭ 23:32 ހާއިރު  ލިބުމާއި ގުޅިގެން އެ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ ހަށިގަނޑުގެ 3 ތަނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ.

އޭނާއަށް މިހާރު ދަނީ އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހުގެރޭ ހިނގި މާރަމާރީތަކާއި ގުޅިގެން ފުލުހުން ވަނީ މާލޭގެ ގެއެއް ބަލައި ފާސްކޮށްފައެވެ. ނަމަވެސް މިކަމާއިގުޅޭ އިތުރު ތަފްޞީލެއް އަދި ނުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް