ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 22:48
ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް، 24،
ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް، 24،
ރާއްޖެ އެމްވީ
ތޫނު އެއްޗަކުން ހަމަލާދިނުން
ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފި
މަރުވެފައިވަނީ ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް،24،
ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ
ހަށިގަނޑުގެ 8 ތަނަކަށް ހަމަލާދީފައިވޭ

ހުޅުމާލޭގައި ތުނޫ އެއްޗަކުން ހަމަލާދީ ޒުވަނާކު މަރާލައިފިއެވެ. 

ފުލުހުންނާއި ހުޅުމަލޭ ހޮސްޕިޓަލުންވެސް ވަނީ މިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ. 

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ހަށިގަނޑުގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ޒުވާނެއް، ހުކުރު ދުވަހުގެރޭ އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. 

ރާއްޖެއެމްވީއަށް މަޢުލޫމަތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް، 24، އެވެ. އޭނާ މަރުވިއިރު އަންބަކާއި ދަރިއަކު ދުނިޔޭގައި ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. 

ގއ. ދާންދޫ، ގޯލްޑް ލީފް، ހާރިސް ޢަބްދުލްޤަފޫރް، 24،

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހާރިސް އަކީ ހުޅުމާލޭ ހާފްވޭ ހައުސްގައި މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދަމުންދިޔަ ޒުވާނެކެވެ. ހާރިސްއަށް ވަޅިން ހަމަލާ ދިފައިވަނީ، އާއިލީ ދުވަހަށް ބޭރަށް ދިއުމަށްފަހު އެނބުރި ހާފްވޭ ހައުސްއަށް ދަނިކޮށް، ހާފްވޭ ހައުސް ކައިރިން، ސައިކަލެއްގައި ދިޔަ ދެމީހަކެވެ. 

ހުޅުމާލެއިން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ، ހާރިސް ހޮސްޕިތަލަށް ގެންގޮސްފައިވަނީ ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 ސެޕްޓެންބަރ 2017 | ހުކުރު 23:40
ޏށ
ޔާ ﷲ!